29 އޮކްޓޯބަރ 2023 - 20:13

ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައީ ޑިސެމްބަރު މަހު އެވެ. މިއަހަރުގެ މިކާމިޔާބީ އާ އެކު ސަރުކާރުގެ އަމާޒަށް ދާން އޮތީ ހަތަރު ލައްކަ ޓޫރިސްޓުންނެވެ. ކުރިއަށް އޮތް ދެ މަހު އެ އަދަދު ހާސިލުވާނީ، ކޮންމެ މަހަކު ދެ ލައްކައެއްހާ ޓޫރިސްޓުން އައިސްގެންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިއަހަރު އެވްރެޖުކޮށް ރާއްޖެއަށް ދުވާލަކު 5،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރަށް ވުރެ 13 ޕަސެންޓުގެ ކުރި އެރުމެކެވެ.
މިއަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިއާއިން 172،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިންޑިއާ އާއި ޗައިނާ އިން 163،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ލިސްޓުގެ ހަތަރު ވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 121،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ މަހު، ޓޫރިސްޓުން އައުން ރަނގަޅު ވެއްޖެ ނަމަ، އެ އަމާޒަށް ފަސޭހަކަމާ އެކު ވާސިލުވެވޭނެ ކަމަށެވެ. މިއަހަރު އެވްރެޖުކޮށް ކޮންމެ މަހަކު 150،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.