27 އޮކްޓޯބަރ 2023 - 22:16

މާދަމާ ރޭ ހަނދު ކޭތަ ހިފާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މާދަމާ ރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަނދު ކޭތަ ވިއްލާނެ ކަމަށް ބެލެވެނީ މެންދަމުން އަލިވެ 3:26 ގަ އެވެ.
އިސްލާމިކް މިނިސްްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި އަންގާފައިވަނީ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށެވެ. ކޭތަ ނަމާދު ކުރަން އަންގާފައިވަނީ މާދަމާ ރޭގެ 1:15 ގަ އެވެ.