ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް ހަމާސްއާ ދެމެދު ވަރުގަދަ ހަމަލާތައް ފެށި، މީގެ ކުރިން ނުފެންނަ އަނިޔާވެރިކަން ފެތުރިގެން ގޮސްފައިވާ އިރު، މި ހަނގުރާމައިގެ ނަތީޖާ އަކީ ކޮބައިތޯ ގިނަ މުސްލިމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ހަމާސް އިން ދިން އާދަޔާ ހިލާފް ކުއްލި ހަމަލާތަކުން އުފަންކުރުވި ސުވާލެކެވެ.

ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

އިޒްރޭލު ސިފައިން ގާޒާއަށް އަރައިގަންނަން ތައްޔާރުވަމުންދާ އިރު، އިޒްރޭލުން މިހާރުވެސް ވަނީ އެ ސަރަހައްދު އެއްކޮށް ބަންދުކޮށް، އެ ސަރަހައްދުގެ 2.3 މިލިއަން ނިކަމެތި ރައްޔިތުންނަށް ފެނާއި ކަރަންޓާއި ތެލާއި ކާބޯތަކެތި ކަނޑާލައިފަ އެވެ.

ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، މި ހަމަނުޖެހުން އިތުރަށް ފަނާކުރަނިވި މަރުހަލާއަކަށް ވަނުމުގެ ތުންފަތްމަތީގައި އޮތް އިރު، ހަނގުރާމައިގެ ނަތީޖާ އަދި ޔަގީނެއް ނުވެ އެވެ. އިޒްރޭލާއި ހަމާސްއާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލުކުރުމުގެ އަގު ފަލަސްތީނުގެ މައުސޫމް ރައްޔިތުން އަދާކުރަމުންދާ އިރު، މި ހާލަތު ރަނގަޅު ވުމުގެ ކުރިން އިތުރަށް ގޯސްވާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.

ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

މި މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ކުއްލި ގޮތަކަށް އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީ، އިޒްރޭލުގެ އެތައް ސަތޭކަ މީހުން މަރާލައި، 130 އެއްހާ މީހުން ވަނީ ރަހީނުކޮށްފަ އެވެ. އެ ހަމަލާ އާ އެކު އިޒްރޭލަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް، އިޒްރޭލުން ވަނީ ހަމާސް އިން ހިފި ގިނަ ސަރަހައްދުތައް އަނބުރާ ހޯދައި، ގާޒާއަށް ހުއްޓުމެއް ނެތި ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

އަދި އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ މީހުން ހުސްކޮށްފައިވާއިރު، ގާޒާ އާއި އިޒްރޭލު ގުޅޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް މިހާރު އަނބުރާ ހޯދާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

އޭގެފަހުން، ކޮންމެ ދުވަހަކު އެތައް ހަމަލާއެއް ދެމުންދާ އިރު، މި ހަނގުރާމަ އަށް މި ވީ ދެ ހަފުތާގެ ތެރޭގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 4300 އަށް ވުރެ މަތިވެފައިވާ އިރު، ދިވެހިންނާ އެކު މުޅި އިސްލާމީ އުއްމަތުގެ ހިތުގައި އޮތީ އެންމެ ސުވާލެކެވެ. މި ފަހަރު ހަމާސް އަށް އިޒްރޭލު ބަލިކޮށްލައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ބިންތަކާއި ހައްގުތައް އަނބުރާ ހޯދައިދެވޭނެ ހެއްޔެވެ؟

ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟
ބޮޑު ސުވާލަކީ މިފަހަރު ފަލަސްތީނަށް ވާނީ ކިހިނެއްހޭ؟

"އަގްސާ ތޫފާނު" ގެ ކުއްލި ހަމަލާތަކަށް ފަހު ހަމާސް މި ފަހަރު ދާއިމަށް "ފުހެލަން" އިޒްރޭލުން ވަނީ އަޒުމު ކަނޑައަޅައިފަ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ހަމާސް އެކީގައި ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އެތައް ދުވަހެއް ވަންދެން، މެދުކެނޑުމެއް ނެތި ގާޒާ އަށް ވައިގެ ހަމަލާތައް ދެމުންދާ އިރު، އިޒްރޭލު ސިފައިން މިހާރު ދަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ތައްޔާރުވަމުންނެވެ. އަދި ގާޒާ އަށް އަރައިގަތުމާ އެކު، އެއްވެސް ރަހުމެއް ނެތި އިޒްރޭލު ސިފައިން ހަމާސްއަށް ހަމަލާދޭނެ ކަމުގެ ބިރު ބޮޑު ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އަންނަން އޮތް ބިރުވެރިކަމުގެ އިންޒާރެއް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވެސް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ.

"ހަމާސް ބޭނުންވީ ބަދަލެއް. އެ ބަދަލު މި ފަހަރު ރަނގަޅަށް ފެންނާނެ. ގާޒާގައި މިހާރު އޮތް އެއްޗެއް ދެނެއް ނޯންނާނެ،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓު ވިދާޅުވެފައި ވެ އެވެ.

އިޒްރޭލުގެ ބަހުރުވައަށް ބަލާ އިރު، ފާއިތުވީ 18 އަހަރަކަށް އަހަރު ތެރޭ، ހަމާސްއިން ފޮނުވާލާ ރޮކެޓު ހަމަލާއަކަށް އިޒްރޭލުން ދޭ ރައްދަކަށް ވުރެ، މި ފަހަރު މަސްރަހު އެތައް ގުނައެއް ގޯސްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. ދޭތެރެއަކުން ކުދިކުދި ހަމަލާތައް ބަދަލުކުރުމުގެ މާޒީ ދެން އިޔާދަނުވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ހަމާސް އިން ގާޒާގެ ފުރިހަމަ ކޮންޓްރޯލް 2007 ވަނަ އަހަރު ނެގީ، 2005 ވަނަ އަހަރު އިޒްރޭލު އެ ސަރަހައްދުން ފޭބުމާ ގުޅިގެންނެވެ.

މިހާރު ލަފާ ކުރެވޭ ގޮތަށް، އިޒްރޭލު ސިފައިން ގާޒާއަށް ވަދެގަނެ، ހަމާސް ވަރަށް ބޮޑު ބަލިކަށި ކޮށްލައި ނިމޭ އިރު، މުޅި ގާޒާ ސުންނާފަތިވާނެ ކަމުގެ ބިރު ބޮޑެވެ. އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރަކް ވިދާޅުވާ ގޮތުގައި، އިޒްރޭލު ސިފައިން ގާޒާ ފަތަހަކުރަން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. އެކަމަކު ވަކިވަކި އިމާރާތްތަކަށް ވަދެ، ފިލައިތިބި ހަމާސްގެ ހަނގުރާމަވެރިން ހޯދަން ވަގުތު ނަގާނެ ކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ނަމަވެސް، އިޒްރޭލުގެ ސިފައިންގެ އެ އޮޕަރޭޝަނަށް ފަހު، ގާޒާގެ މުސްތަގުބަލާ މެދު ވަކި އެއްޗެއް ދަންނަވަން އޭނާ އަށް ވެސް ދައްޗެވެ. ބަރަކް ލަފާ ކުރައްވާ އެއް ގޮތަކީ، ގާޒާ ބެލެހެއްޓުން ވަގުތީ ގޮތުން އަރަބި އެހެން ގައުމަކާ ހަވާލުކުރުމެވެ. ނަމަވެސް، މިހާރު އިޒްރޭލުގެ ހަމައެކަނި އަމާޒަކީ ހަމާސްގެ އަސްކަރީ ބާރު އެކީގައި ނެތިކޮށްލުން ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލެއް ރެފިއުޖީ ކޭމްޕެއް ނުބަލައި، އިޒްރޭލުން އެއްވެސް ރަހުމެއް ނެތި ހަމަލާތައް ދެމުންދާ އިރު، އިޒްރޭލު ސިފައިން ގާޒާއަށް ވަދެގެންފިނަމަ، ފަލަސްތީނުގެ މައުސޫމް ރައްޔިތުންގެ ހާލާ މެދު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިހާރު ވެސް މީހުން ދިރިއުޅޭ އެތައް ހާސް އިމާރާތެއް ބިމާ ހަމަވެފައިވާ އިރު، މިހާތަނަށް 260،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، އިޒްރޭލުން ސިފައިން ގާޒާއަށް އަރައިގެންފިނަމަ، އެތަން ދޫކޮށް ދިޔުމުގެ އެއްވެސް ފުރުސަތެއް ވެސް ނެތް ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ވާނެ ގޮތެއް ލަފާކުރަން ވެސް ދަތިވަނީ އެހެންވެ އެވެ.

މިހާރު އޮތް ހާލަތަށް ބަލާ އިރު، ހަމާސް އަށް ކުޑަ ވެސް އުއްމީދެއް ފެންނަން އޮތީ، އިޒްރޭލާ އެއް ބޯޑަރެއް ހިއްސާ ކުރާ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް މި ހަނގުރާމައިގައި ބައިވެރިވުމެވެ. ހަމާސް އަށް ވާގިވެރިވާ ޖަމާއަތްތައް އަވައްޓެރި ލުބުނާނުގެ އިތުރުން ސީރިއާގައި އެބަ ތިއްބެވެ. އަދި އިރާން އަކީ އިޒްރޭލަށް އެންމެ ބޮޑަށް ނަފުރަތު ކުރާ އެއް ގައުމެވެ.

އެކަމަކު އަވައްޓެރި ގައުމުތަކަށް ބަލާ އިރު، އިޒްރޭލަށް އެންމެ ބޮޑު ބިރެއް އޮތީ، ލުބުނާނުގައި ހަރަކާތްތެރިވާ އަސްކަރީ ގޮތުން ވަރުގަދަ ހިޒްބުއްލާ ޖަމާއަތުންނެވެ. އެ ނުރައްކާ ކުޑަ ކުރަން، އިޒްރޭލުން މިހާރު ވެސް ދަނީ ލުބުނާނުގެ ދެކުނު ބޯޑަރު ކައިރީގައި ހުރި ހިޒްބުއްލާގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. އޭގެ ބޭނުމަކީ ހިޒްބުއްލާގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ވަދެގަތުން ހުއްޓުވުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެ ނޫން ބިރެއް މި ވަގުތަށް އިޒްރޭލަށް އޮތް ކަމަކަށް އަދި ނުފެނެ އެވެ. ހަމަނުޖެހުންތައް ކުށްވެރިކޮށް، ސުލްހަ އަށް ގޮވައިލުން ފިޔަވައި އަރަބި ގިނަ ގައުމުތައް ވެސް ތިބީ ހިމޭނުންނެވެ. އެއީ މެދުއިރުމަތީގެ ލީޑަރެއްގެ ގޮތުގައި ގިނަ މުސްލިމު ގައުމުތަކުން ބަލައި، ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށެވެ. ހަމާސް އިން ހަމަލާ ދިނުމުގެ ކުރިން ސައުދީން އިޒްރޭލާ އެކު ހާރިޖީ ގުޅުން ގާއިމުކުރަން ތައްޔާރުވަމުން ދިޔަ ކަމުގެ އަޑުތައް ދިޔައީ އިވެމުންނެވެ. ހަމާސް އިން މި ހަމަލާތައް ދިނުމުގެ މައިގަނޑު ބޭނުމަކީ ސައުދީން އިޒްރޭލާ އެކު ގުޅުން ގާއިމުކުރުން ހުއްޓުވުން ކަމަށް މި ވަގުތު އިޒްރޭލުގައި ހުންނެވި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ވިދާޅުވެފަ އެވެ.

ހުރިހާ ގޮތަކުން ބެލިޔަސް، ހަމާސް އިން ފުރަތަމަ ދިން ކުއްލި ހަމަލާތަކަށް ފަހު، މުޅި ހަނގުރާމައިގެ ކޮންޓްރޯލް އިޒްރޭލުން ވަނީ ނަގައިފަ އެވެ. އެމެރިކާ އާއި ހުޅަނގުގެ ހުރިހާ ގައުމުތަކެއް ހެން އިޒްރޭލުގެ ފަހަތުގައި އޮވެ، އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރާއި އެހީ ދަނީ ފޯރުކޮށް ދެމުންނެވެ. އަދި ހަމާސް އިން ފުރަތަމަ ހަމަލާ ދިނުމުން، އިޒްރޭލަށް ގާޒާއަށް ވަދެގަނެ، ހަމާސް ނެތިކޮށްލުމުގެ ހުޅަނގުން ސަޕޯޓު ލިބޭނެ ހުއްޖަތެއް ލިބިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު ގާޒާ އަށް އަރައިގަނެ، ހަމާސް އާ ހަނގުރާމަ ކުރަން އިޒްރޭލަށް މާ ގިނަ ދުވަހެއް ނުލިބޭނެ އެވެ. ހާއްސަކޮށް، ފަލަސްތީނުގެ ޝަހީދުންގެ އަދަދު އިތުރުވާން ފަށައިފިނަމަ، ހަމަލާތައް ހުއްޓައި ލަން ގޮވާލައި އަޑުތައް ގަދަވާނެތީ އެވެ. އޭރަށް ހުޅަނގުގެ ގައުމުތަކަށް ވެސް ހަމަލާތައް ހުއްޓާލައި، ސުލްހަ ގާއިމުކުރަން އިޒްރޭލަށް ޕްރެޝަރުކުރަން މަޖުބޫރު ވާނެ އެވެ.

ނަމަވެސް، މި މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ފެށި "އަގްސާ ތޫފާނު" ގެ ހިރަފުސް އޮބޭ އިރު، މުޅި ގާޒާ ސުންނާފަތިވެ، ޝަހީދުންގެ ލެއިން ފަލަސްތީނުގެ ހައްގު ބިން ތަތްތެޅި، ދިރިތިބީން އިތުރަށް އިޒްރޭލުގެ އަތް ދަށުވެ، މިހާރަށް ވުރެ ވެސް ނިކަމެތި ވުން ނޫން މުސްތަގުބަލެއް މިވަގުތަށް އަދި ފެންނާކަށް ނެތެވެ. އެކަމަކު މި ފެށި ހަމަލާތައް ހުއްޓުނަސް މިއީ އަދި ހަނގުރާމައިގެ ނިމުމެއް ނޫނެވެ.