މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ
މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް ފިރިހެނަކު މިއަދު ކަނޑުމަތިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ފެނުނީ ދޫނިދޫ އާއި ފުނަދޫއާ ދޭތެރެއިން ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ރަސްފަންނު ސަރަހައްދުން ރޭ މޫދަށް ފުންމާލި މީހަކު ހޯދަން ވެސް ފުލުހުން މަސައްކަތްކުރި އެވެ. އެހެންވެ ބެލެވެނީ، މާލެ ކައިރިން ފެނުނީ އެ މީހާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ފެނުނު އިރު އޮތީ ބަރަހަނާ ހާލުގައި ބަނޑުވަތަށެވެ. ޒަހަމެއް ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ.