އުރީދޫގެ ހާއްސަ ލަކީޑްރޯއިން ޕެރިސްއަށް ދިއުމުގެ ފުރުސަތު
އުރީދޫގެ ހާއްސަ ލަކީޑްރޯއިން ޕެރިސްއަށް ދިއުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ހާއްސަ ލަކީޑްރޯއެއް ފަށައިފި އެވެ.

އުރީދޫގެ ހާއްސަ ލަކީޑްރޯއިން ޕެރިސްއަށް ދިއުމުގެ ފުރުސަތު
އުރީދޫގެ ހާއްސަ ލަކީޑްރޯއިން ޕެރިސްއަށް ދިއުމުގެ ފުރުސަތު

އުރީދޫން ބުނީ މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ ޒާހިރު ވިދާޅުވީ ޕެރިހަށް ދިއުމުގެ ފުރުސަތު ލިބޭ ފަރާތުގެ ދެކޮޅު ޓިކެޓާއި ދެ ރޭ ޕެރިސްގައި ހުރުމާއި އާއި ތިން ދުވަހުގެ ފުލް ބޯޑާއި އެކު އެކޮމޮޑޭޝަން ލިބޭނެ ކަމަށެވެ. އަދި ޕީއެސްޖީގެ ވީއައިޕީ ލައުންޖުގައި ހުރެގެން، އަންނަ އަހަރު އޭޕްރީލް މަހު ޕީއެސްޖީ އާއި ލިޔޯން އާ ދެމެދު ކުޅޭ މެޗް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު ކަމަށްވާ ޕީއެސްޖީގެ މެޗެއް ބެލުމުގެ ފުރުސަތު ފަހި ކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" އަޅުގަނޑުމެންގެ ބޭނުމަކީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް، ތަފާތު އެކި ފުރުސަތުތަކާއި ގުޅުވާލަދިނުން. އެގޮތުން ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާއެކު، މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަން ޔަގީން. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ޕާޓްނަޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހިކޮށް ދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ސުޕަނެޓާއި ފަސޭހަ ބްރޯޑްބޭންޑާއި 5ޖީ އެއާފައިބާ އަދި ޕޯސްޓްޕެއިޑްގެ އިތުރުން ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

ޕީއެސްޖީ އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބޭރުގެ ކްލަބެކެވެ. މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކާ ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.