ބީއެމްއެލް އިން މާސްޓަކާޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ބީއެމްއެލް އިން މާސްޓަކާޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ބީއެމްއެލް އިން މާސްޓަކާޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ބޭންކުން ބުނީ، ބީއެމްއެލް މާސްޓަ ޑެބިޓް ކާޑުން 2،500ރ. ހޭދަކޮށްގެން 500ރ. ގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ކްރެޑިޓް ކާޑުން 3،000ރ. ހޭދަކޮށްގެން 600ރ. ގެ ވައުޗަރެއް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

އެ ޕްރޮމޯޝަން ނިމޭނީ އަންނަ މަހުގެ 14 ގަ އެވެ.

ބީއެމްއެލް އިން މާސްޓަކާޑު ތައާރަފްކުރީ 2019 ވަނަ އަހަރު އެވެ. އެ ބޭންކުން އަންނަނީ މާސްޓަކާޑުގެ އިތުރުން ވިސާ އާއި އެމެކްސް ކާޑު ވެސް ކަސްޓަމަރުންނަށް ދޫކުރަމުންނެވެ.