ކޮރެއަން ކޮމްފޮޓް ފުޑް ވިއްކާ ޖެން ޒީ އިން ހޯލްސޭލް ކުރަނީ
ކޮރެއަން ކޮމްފޮޓް ފުޑް ވިއްކާ ޖެން ޒީ އިން ހޯލްސޭލް ކުރަނީ

ރާއްޖެއަށް ކޮރެއަން ކޮމްފޮޓް ފުޑް ތައާރަފްކޮށް ވިއްކަން ފެށި "ޖެން ޒީ" ފިހާރައަށް ހޯލްސޭލް މާކެޓުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ކޮރެއަން ކޮމްފޮޓް ފުޑް ވިއްކާ ޖެން ޒީ އިން ހޯލްސޭލް ކުރަނީ
ކޮރެއަން ކޮމްފޮޓް ފުޑް ވިއްކާ ޖެން ޒީ އިން ހޯލްސޭލް ކުރަނީ

އެ ފިހާރައިން ބުނި ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށްރަށުން ޑިމާންޑު ބޮޑުވެ، ހޯލްސޭލް މާކެޓަށް ފުރުސަތު ހުޅުވާލާފައި ވާއިރު، ގިނަ އަތޮޅުތަކުން އެ ފިހާރައިގެ ޕްރޮޑަކްޓުތައް ގަނެ، މިހާރު އަންނަނީ ވިއްކަމުންނެވެ. އެ ފިހާރައިގެ އަމާޒަކީ އެ ފިހާރައިން ވިއްކަމުންދާ ކޮރެއަން ކޮމްފޮޓް ފުޑް ރާއްޖޭގެ ގިނަ ހިސާބުތަކަށް ފޯރުކޮށްދިނުމެވެ.

ޖެން ޒީ ފިހާރައިން ބުނީ ރަށްރަށަށް ހޯލްސޭލްކޮށް އެ ފިހާރައިގެ ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންނަށް ބޯޓާއި ހަމައަށް ހިލޭ ޑެލިވަރި އާއި ޕްރޮޑަކްޓު މާކެޓް ކުރުމުގެ ހިދުމަތް ވެސް ދެމުން އަންނަ ކަމަށެވެ.

"ޔޮޕޮކީ"، "ރައިސް ކޭކް ސްޓިކް" އަދި "ކިމްޗީ" ފަދަ ކޮރެއަން ކޮމްފޮޓް ފުޑް ވިއްކާ ޖެން ޒީގެ ޕްރޮޑަކްޓްތައް މިހަރު "ފުޑީޒް" އެޕުން ވެސް ގަނެވޭނެ އެވެ. ކޮންވީނިއަންޓް ސްޓޯ ސްޓައިލަށް ހިންގަމުންދާ މި ފިހާރައަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެ ފިހާރައިން މިހާރު ވެސް ރީޓެއިލްކޮށް ކަސްޓަމަރުންނަށް ޕްރޮޑަކްޓުތައް ލިބެން ހުންނާނެ ކަން ވެސް ފާހަގަކުރެ އެވެ.

ޖެން ޒީ ފިހާރައިން ބުނީ އަންނަ މަހު އެ ފިހާރައަށް އާ ޕްރޮޑަކްޓުތަކެއް ތައާރަފްކުރާނެ ކަމަށެވެ.

ޖެން ޒީ ފިހާރައިން ހޯލްސޭލްކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް 7202054 އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.