އައިއޭސީގެ ގާޒާ ފަންޑަށް ދިރާގުން 100،000ރ. ހަދިޔާކޮށް އެހީ ވުމުގެ ފުރުސަތު އެންމެންނަށް
އައިއޭސީގެ ގާޒާ ފަންޑަށް ދިރާގުން 100،000ރ. ހަދިޔާކޮށް އެހީ ވުމުގެ ފުރުސަތު އެންމެންނަށް

"ދިރާގު ޕޭ" އިން އައިއޭސީ މޯލްޑިވްސްގެ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ވޮލެޓެއް ހުޅުވައި ފައިސާ ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން މި ފަންޑަށް 100،000ރ. ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެ ކުންފުނީގެ ޑިޖިޓަލް ޕްލެޓްފޯމް ދިރާގު ޕޭގައި މި ފަންޑަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކިއު.އާރް ކޯޑް ސްކޭންކޮށްގެން އަދި ދިރާގުޕޭ އެޕްގެ މާޗަންޓް ކޯޑު 7266 ބޭނުންކޮށްގެން މި ފަންޑަށް ފަސޭހަކަމާ އެކު ފައިސާ ހަދިޔާ ކުރެވޭނެއެވެ.

މި ވޮލެޓަށް ހަދިޔާކުރާ ހުރިހާ ފައިސާއެއް ވެސް ފަލަސްތީނުގައި އައިއޭސީއިން ކުރިއަށްގެންދާ އިންސާނީ އެހީގެ މަސައްކަތަށް ދޭނެ އެވެ.