އުރީދޫގެ ގޭމިން ފެސްޓިވަލްގައި ބައިވެރިވުމުގެ ވަގުތު މިރޭ ހަމަވަނީ
އުރީދޫގެ ގޭމިން ފެސްޓިވަލްގައި ބައިވެރިވުމުގެ ވަގުތު މިރޭ ހަމަވަނީ

"އުރީދޫ ނޭޝަން - ގޭމާސް ލޭންޑް"ގެ ނަމުގައި އުރީދޫން ބާއްވާ ގޭމާސް ފެސްޓިވަލްގެ ޓޯނަމަންޓުތަކުގައި ބައިވެރިވެވޭނީ މިރޭ 12ގެ ނިޔަލަށް ކަމަށް އުރީދޫން ބުނެފި އެވެ.

މި ފެސްޓިވަލަކީ މިހާތަނަށް ރާއްޖޭގައި ގޭމިންގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު ފެސްޓިވަލުކަމަށް އެ އުރީދޫން ބުންޏެވެ. މި ފެސްޓިވަލްގައި އެކި ވައްތަރުގެ ގޭމަރުންނަށް އަމާޒުކޮށް ތަފާތު ވައްތަރުތަކުގެ ގޭމުތަކުގެ ޓޯނަމަންޓުތައް ވަނީ ހިމަނައިފަ އެވެ.

މި ފެސްޓިވަލުގެ ޓޯނަމަންޓުތަކުގެ ތެރޭގައި ހިމެނެނީ ރޭސިން ސިމް ޗެލެންޖު، ކޮސްޕްލޭ، އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް އަދި ޓެކްކެން އެވެ.

މި ފެސްޓިވަލުގައި އުރީދޫން އިންތިޒާމުކުރި ރާއްޖޭގެ އެންމެ ބޮޑު ޕްބަޖީ މުބާރާތުގެ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ކުޅޭނެ އެވެ. މި މުބާރާތުގައި 16 ޓީމަކުން މުބާރާތަށް ހުށަހަޅައިފައިވާ 100،000ރ. ގެ ޕްރައިޒް ޕޫލަށް ވާދަކުރާނެ އެވެ. މި މުބާރާތުގެ އިތުރުން މި ފެސްޓިވަލުގައި 40،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ އީއޭއެފްސީ (ފީފާ) މުބާރާތާއި 25،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ރޭސިން ސިމް ޗެލެންޖާއި 10،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ޓެކެން މުބާރާތާއި 10،000ރ ހުށަހަޅާފައިވާ ކޮސްޕްލޭ މުބާރާތް ހިމެނެ އެވެ.

"އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ފެސްޓިވަލުގައި މުބާރާތްތަކުގެ އިތުރުން ކްލޯ މެޝިނާއި ފަހުގެ ވީޑިއޯ ގޭމުތައް ތަޖުރިބާކުރުމުގެ ފުރުސަތާއި ޖަސްޓް ހޫޕް އަދި ޖަސްޓް ޑާންސް ފަދަ ގޭމުތަކާއި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް އޮންނާނެ އެވެ.

މި ގޭމިން ފެސްޓިވަލް އޮންނާނީ މި މަހު ގެ 19 ވަނަ ދުވަހުން 21 ވަނަ ދުވަހަށް އުރީދޫގެ ހެޑް އޮފީހުގަ އެވެ. މިއީ ގޭމިންގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލެވެ.