15 އޮކްޓޯބަރ 2023 - 11:27

މިދިޔަ ހޮނިހިރު ދުވަހު ބީއެމްއެލްއިން ބޭއްވި "ޕިންކް ރިބަން ރަން ވޯކް"ގައި އާއްމުންގެ ގިނަ ބަޔަކު ބައިވެރިވެ، އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި މި ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ބާއްވައިފަ އެވެ. މާލެ ސަރަހައްދުގައި މި އިވެންޓު ބޭއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ބީއެމްއެލްގެ މާލީ އެހީތެރިކަމާއެކު، ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސީއެސްއެމް އިން އަންނަނީ ކުރަމުންނެވެ. އަދި އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށް ވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ޕިންކް ރިބަން ރަން ވޯކް" އަކީ 2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ބާއްވަމުންދާ ހަރަކާތެކެވެ.