15 އޮކްޓޯބަރ 2023 - 11:35

އުރީދޫގެ އޮންލައިން މާކެޓްޕްލޭސް މޫލީއިން "ޑިވައިސް ފްލޭޝް ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި އެޕަލް މެގްސޭފް ޗާޖަރު، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް އާއި ސެމްސަންގް ގެ މަގްބޫލް ފޯނުތައް ހިމެނެ އެވެ. މި ޑިވައިސްތަކުން ޕްރޮމޯޝަނުގައި ހަތް ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ޑިވައިސްތައް މިހާރު މޫލީގެ ވެބްސައިޓުން ފެންނާނެ އެވެ.
އުރީދޫގެ މާކެޓް ޕްލޭސް މޫލީގައި ދިވެހިންގެ މެދުގައި މަގުބޫލު އެކި ބްރޭންޑުތަކުގެ ގިނަ ޑިވައިސްތަކެއް ވިއްކަން ހުރެ އެވެ. މި ތަނަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުން ވިޔަފާރި ކުރާ ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަސްޓަމަރުންނަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ދެ އެވެ.