އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި
އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި

އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ދެ ރަށެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި
އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި

އެމްއެންޑީއެފް އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. ދިއްދޫ އަދި ހދ. ފިނޭއަށް ބޯކޮށް ވާރޭވެހި، އެ ދެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި
އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި

ޕަމްޕު ބޭނުންކޮށްގެން އެ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ހދ. ކުޅުދުއްފުށި ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި
އުތުރަށް ވަރަށް ވިއްސާރަ، ދިއްދޫ އާއި ފިނޭ ފެނު އަޑީގައި

އުތުރުގެ ރަށްތަކަށް މިހާރުވެސް ވިއްސާރަ ކުރަމުން ދާއިރު މެޓުން ވަނީ މިރޭ 8:00ގެ ނިޔަލަށް، ހއ. އިން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.

އަދި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.

މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ތިން މޭލާއި 10 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ.

އަދި ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާއިރު، މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ. އުތުރުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.