ފަލަސްތީނާ އެކު ދިވެހިން: ހުކުރު ދުވަހު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަނީ
ފަލަސްތީނާ އެކު ދިވެހިން: ހުކުރު ދުވަހު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަނީ

ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ފަލަސްތީނާ އެކު ދިވެހިން: ހުކުރު ދުވަހު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަނީ
ފަލަސްތީނާ އެކު ދިވެހިން: ހުކުރު ދުވަހު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަނީ

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.

މި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުތަކުގައިވާ ގޮތުގައި، ހުކުރު ދުވަހު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވާނެ އެވެ. އެ ސައިކަލު ބުރު ފަށާނީ އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ރަސްފަންނު ސަރަހައްދުންނެވެ.

ރަށްރަށުގައި އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރުން ފެށިގެން ހިނގާލުންތައް ވެސް ބާއްވާނެ އެވެ.

ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ވަނީ ހުޅުވާލައިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް 2021 ވަނަ އަހަރު ވެސް ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވި އެވެ.