"ބިއޯންޑް"އާ އެކު 1500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ
"ބިއޯންޑް"އާ އެކު 1500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ

ލަގްޒަރީ އެއާލައިން "ބިއޯންޑް" މިއަދު ލޯންޗްކޮށް، ދިވެހިންނަށް 1،500 އެއްހާ ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

"ބިއޯންޑް"އާ އެކު 1500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ
"ބިއޯންޑް"އާ އެކު 1500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ

"ބިއޯންޑް" އެއާލައިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަކީލާ ވިދާޅުވީ މި އެއާލައިނުން މިހާރު ވެސް ގިނަ ދިވެހިންތަކަކަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"ބިއޯންޑް"އާ އެކު 1500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ
"ބިއޯންޑް"އާ އެކު 1500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ

"މި އެއާލައިނުން އިގުތިސާދަށް ފަހިކަމެއް އަންނާނެ. ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ. ގާތްގަނޑަކަށް 1500އެއްހާ ވަޒީފާގެ ފުރުސަތު ދިވެހިންނަށް ލިބޭނެ." އޭނާ ވިދާޅުވި އެވެ.

ޑރ. ޝަކީލާ ވިދާޅުވީ އަލަށް ލޯންޗު ކުރި ލަގްޒަރީ އެއާލައިނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން (ސިމްޑީން) ލަގްޒަރީ ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރީ. ވަން އެންޑް އޮންލީ ބްރޭންޑު މިތަނަށް ގެނެސް ފަތުރުވެރިކަމަށް އަޅުގަނޑުމެންގެ ކުންފުނިން ބޮޑު ބަދަލެއް ގެނައިން. އަނެއްކާ ވެސް އަޅުގަނޑުމެންގެ ކުންފުނިން އަމާޒު މިހިފީ މި ދާއިރާ އިތުރަށް ފުޅާކުރަން." ޑރ. ޝަކީލާ ވިދާޅުވި އެވެ.

ޑރ. ޝަކީލާ ވިދާޅުވީ މި ފަދަ އެއާލައިނެއް ތައާރަފްކުރަން އެ ކުންފުނިން ހުވަފެން ދެކެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މި ހުވަފެން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކުން ދިން އެއްބާރުލުން ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ބިއޯންޑްގެ މެއިން ފައުންޑާ އަދި ޗީފް ސްޓްރެޓިޖީ އޮފިސަރު، މެކްސް ނިލޯވް ވިދާޅުވީ މި އެއާލައިނުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި އެއާލައިނަކީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

"ބިއޯންޑް" އެއާލައިން މިއަދު ރަސްމީކޮށް ލޯންޗުކޮށް އެ އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި މި އެއާލައިނުގެ ދަތުރުތައް އަންނަ މަހު ފަށާނެ ކަން އިއުލާނުކޮށް، ވެބްސައިޓުގައި ބުކިން އަށް ވަނީ ހުޅުވާލައިފަ އެވެ.

"ބިއޯންޑް"ގެ ދަތުރުތައް ފަށަނީ ތިން މަންޒިލަކުންނެވެ. އެއީ ސުވިޒަލެންޑާއި، ޖަރުމަނު އަދި ސައުދީ އަށެވެ.