ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޒްނާއާ ސާޖިދާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.

ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި

އެ ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސާޖިދާއަށް ފަޒްނާ މަރުހަބާ ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި

ފަޒްނާއާ ސާޖިދާ މިއަދު ބައްދަލުކުރެއްވި އިރު، ވެރިކަން ބަދަލު ވާއިރު ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.

ފަޒްނާ އާއި ސާޖިދާ ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފިރިކަލުންނަށް ކެމްޕެއިން ކުރެއްވުމުގައި އަމަލީ ގޮތުން އުޅުއްވައިފަ އެވެ.

މިދިޔަ މަހު 30ގައި ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.

އިންތިހާބުން ލިބިވަޑައިގަތް ކާމިޔާބީ އަށް ފަހު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ގޮތުން އިންތިގާލީ މަރުހަލާގެ ކަންކަން މުއިއްޒުގެ ފަރާތުންނާއި ސަރުކާރު ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.