ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި، މަރުގެ އަދަދު ހާހަކަށް ވުރެ މައްޗަށް
ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި، މަރުގެ އަދަދު ހާހަކަށް ވުރެ މައްޗަށް

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އިން ދިން ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ އިރު، ދެ ފަރާތުން މިހާތަނަށް މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި، މަރުގެ އަދަދު ހާހަކަށް ވުރެ މައްޗަށް
ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި، މަރުގެ އަދަދު ހާހަކަށް ވުރެ މައްޗަށް

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހަމާސްއިން އިޒްރޭލަށް ކުއްލިއަކަށް ހަމަލާދޭން ފަށައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ވެސް ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި، މަރުގެ އަދަދު ހާހަކަށް ވުރެ މައްޗަށް
ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި، މަރުގެ އަދަދު ހާހަކަށް ވުރެ މައްޗަށް

އިޒްރޭލުން ހަނގުރާމައިގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑްރޯނާއި އަސްކަރީ މަތިންދާބޯޓުތަކުން މިއަދު ހެނދުނުން ފެށިގެން މެދުކެނޑުމެއްނެތި ގާޒާ އަށް ބޮމާއި ރޮކެޓު ހަމަލާތައް ދެމުންދާ ކަމަށް ރިޕޯޓުތައް ބުންޏެވެ.

މީގެ އިތުރުން، އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކުގައި ދެ ފަރާތުން ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އިޒްރޭލުގެ ސަރަހައްދުތަކަށް ވަދެ ތިބި ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުގެ ލައްކަ އެއްހާ ސިފައިންގެ ބޮޑު ލަޝްކަރެއް ފޮނުވުމަށް އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ.

ދެ ފަރާތުން ވެސް ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންދާ އިރު، މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އެކަމަކު އެންމެ ވަރުގަދަ ހަނގުރާމަ ކުރަމުންދާ ސަރަހައްދުތަކަށް ނުވަދެވޭތީ، އެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ރޮކެޓު ހަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު، ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ 120،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ހަމާސް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ވިދާޅުވެފައިވާ އިރު، ހަމާސް ނެތިކޮށްލަން ގާޒާ ފަޅުކޮށްލާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފަ އެވެ.