08 އޮކްޓޯބަރ 2023 - 14:49

ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އެވޯޑު "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" ރޭ ބާއްވައިފި އެވެ.

“ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑު ނައިޓް” އަކީ ވިލާ ކޮލެޖާ ގާތްގުޅުމެއް ބާއްވަމުންދާ އިންޑަސްޓްރީތަކާއި އެ އިންޑަސްޓްރީތަކާ ގުޅޭ ދާއިރާތަކުން ކިޔަވައި ނިންމާ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ ހަފްލާއެކެވެ.

"ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް"ގައި ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް ހާސިލްކުރި 27 ދަރިވަރަކާއި، ވިލާ ކޮލެޖްގެ ގޯލްޑް މެޑެލް އަދި އިންޑަސްޓްރީ ޕްރައިޒް ހާސިލްކުރި 53 ދަރިވަރަކާއި އޭސީސީއޭ ނެޝަނަލް ރެސިޑެންޓް ޕްރައިޒް ހާސިލްކުރި 4 ދަރިވަރެއްގެ އިތުރުން ވިލާ ކޮލެޖްގެ ބުކް ޕްރައިޒް އަދި އަލަށް ތައާރަފްކުރި ޑީންސް އެވޯޑް ހާސިލްކުރި 93 ދަރިވަރަކަށް އެވޯޑް ދިނެވެ.
މި ހަފްލާގައި ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވަނީ އެކޮލެޖުގެ އެންމެ މަތީ ވަނަތަށް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި އަތޮޅު ތެރޭގެ ކެމްޕަސްތަކުން ތައުމް ހާސިލްކުރި ދަރުވަރުންނާއި ވަޒީފާތަކުގައި ބުރަކޮށް އުޅޭ ގިނަ ދަރިވަރުންތަކަކަށް އެވޯޑު ލިބުންކަން ފާހަގަކުރައްވާފަ އެވެ. އަދި ދަރިވަރުން ހޯދި ތައުލީމު ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ގޮވާލެއްވި އެވެ.
ވިލާ ކޮލެޖުން ވަނީ 2022 އާއި 2023 ގައި އެކޮލެޖުން ހިންގި އެކި ޕްރޮގްރާމްތަކުން ދަސްވެނިވި 1107 ދަރިވަރަކަށް ސަނަދު ހަވާލުކޮށްފައެވެ. ވިލާ މިއާއެކު ވިލާ ކޮލެޖުން މިހާތަނަށް 18550 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.