08 އޮކްޓޯބަރ 2023 - 00:20

ހއ. ދިއްދު އަށް އުފަން އެ ފިރިހެންކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނެތިފައި ކަމަށް އެ ތަނުން ބުނި. އިތުރު ތަފުސީލެއް ނުދޭ. މަންޒަރު ދުށް މީހަކު ބުނީ، ކުއްޖާގެ ބޯ ފަޅައިގެން ގޮސް އެއް ފައި ވެސް އޮތީ އެނބުރިފައި ކަމަށް. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނޭވާ ނުލާ ކަމަށް މަންޒަރު ދުށް މީހަކު ބުނޭ. ކުއްޖާ މަރުވި ކަމަށް ހޮސްޕިޓަލުން ކަނޑައެޅީ މިރޭ 12:45 ގައި.

ހިޔާ ފްލެޓްގެ 12 ވަނަ ފްލޯ އިން ވެއްޓުނު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ދެންމެ ކަށަވަރު ކޮށްދީފި.
ހުޅުމާލެ 2 ގެ ހިޔާ ޓަވަރެއްގެ 12 ވަނަ ފްލޯ އިން ކުއްޖަކު ވެއްޓި މިރޭ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
އުމުރުން 15 އަހަރުގެ އެ ފިރިހެން ކުއްޖާ އަށް ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
"އެ ކުއްޖާ ނޭވާއެއް ނުލާ. ބޯ ފަޅައިގެން ގޮސް އެއް ފައި ވެސް އޮތީ އެނބުރިފައި،" މަންޒަރު ދުށް މީހަކު ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ކުއްޖާ ހޭނެތިފައިވާ ކަމަށާއި ޑޮކްޓަރުން މިހާރު އެޓެންޑްވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ވެއްޓުނީ H06 ގެ 12 ވަނަ ފްލޯ އިން ކަމަށެވެ.
މަންޒަރު ދުށް އެހެން މީހަކު ބުނިގޮތުގައި، އެ ކުއްޖާ 12 ވަނަ ފްލޯ އިން ގޮސް 15 ވަރަކަށް ފޫޓު ދުރުގައި އޮތް ކާރެއްގެ ބޮނެޓްގެ މަތީގައި ޖެހިފައި ވެއްޓުނީ ބިންމައްޗަށެވެ. އެ ކާރު ކައިރިން ބިންމަތީގައި ލޭ ވެސް ފެންނަން ހުއްޓެވެ.
އެ ކުއްޖާ ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.