ދެ ފަރާތުން މަރުވަމުންދާ އާންމުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ: އިޒްރޭލްގެ އިދިކޮޅު ޕާޓީ
ދެ ފަރާތުން މަރުވަމުންދާ އާންމުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ: އިޒްރޭލްގެ އިދިކޮޅު ޕާޓީ

ތެލްއަވީވް (އޮކްޓޯބަރު 7) - ފަލަސްތީނުގެ ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި ދެ ފަރާތުން މަރުވަމުންދާ އާންމުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ކަމަށް އިޒްރޭލުގެ އިދިކޮޅު ޕާޓީ އަކުން ބުނެފި އެވެ.

ދެ ފަރާތުން މަރުވަމުންދާ އާންމުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ: އިޒްރޭލްގެ އިދިކޮޅު ޕާޓީ
ދެ ފަރާތުން މަރުވަމުންދާ އާންމުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ: އިޒްރޭލްގެ އިދިކޮޅު ޕާޓީ

އިޒްރޭލްގެ ކޮމިޔުނިސްޓް ފިކުރުގެ ޕާޓީއެއް ކަމަށްވާ ހަދޭޝް ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ އޮފާ ކަސިފް ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުން ވެސް މީހުން މަރުވާން ޖެހުނީ ނަތަންޔާހޫގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ، ދެ ފަރާތުން ދޭ ހަމަލާތައް ވެސް ހުއްޓޭނީ ފަލަސްތީނުގެ ބިންތައް ހިފުން އިޒްރޭލުން ހުއްޓާލައިގެން ކަމަށެވެ.

އެއީ [މަރުތަކަކީ] ކެތްނުކުރެވޭ ވަރުގެ ކަމެއް. އެކަމަކު އަހަރެމެން މި ބުނަނީ ދެ ފަރާތުން ވެސް މިފަދަ ޖަރީމާތައް ހުއްޓުވަން އޮތް ހަމައެކަނި ގޮތަކީ ބިންތަން ހިފުން ނިމުމަކަށް ގެނައުމޭ،" އިޒްރޭލް ޕާލަމެންޓްގައި ވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުއްލަވާ ކަސިފް ވިދާޅުވި އެވެ.

""އެކަން [ބިންތައް ހިފުން] ކުރިއަށް ދާހާ ހިނދަކު މިފަދަ ނުރައްކާތެރި ޖަރީމާތައް ކުރިއަށް ދާނެ. މިހާރު ސަރުކާރުން ބޭނުންވަނީ އެކަން."

ކަސިފް ވަނީ އެމެރިކާގެ ސަރުކާރަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސުލްހަވެރި ސިޔާސީ ހައްލަކަށް ދިއުމަށް އެމެރިކާ އިން އިޒްރޭލަށް ބާރު އެޅިނަމަ، މިއަދު ކުރިމަތިވި ހާދިސާތައް ނުހިނގާނެ ކަމަށެވެ.

މިއަދު ފެށި ހަނގުރާމައިގެ ސަބަބުން އިޒްރޭލްގެ ސަރުކާރަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެން ނަތަންޔާހޫގެ ލިކިއުޑް ޕާޓީން ވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު ދީފަ އެވެ.

މިއަދުގެ ވަރަށް ހެނދުނު ވަގުތެއްގައި ހަމާސްއިން ދިން ކުއްލި ހަމަލާގައި އިޒްރޭލްގެ 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި އާންމުން ވެސް ހިމެނެ އެވެ.

އިޒްރޭލުން ރައްދުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި ހާހަކަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.