06 އޮކްޓޯބަރ 2023 - 22:27

މިފްކޯއަށް މަސް ކިރުވައިގެން އައްޑޫގެ ދޯންޏަކަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މަސް ކުންފުންޏަށް އިއްޔެ 60 ޓަނުގެ މަސް ކިރުވާފައިވަނީ ސ. މަރަދޫ "ކޮންކޯޑު-2" ދޯނިންނެވެ. މިއީ، މި ފަހުގެ ތާރީހެއްގައި މަސް ކިރުވައިގެން އެއް ދުވަސް ތެރޭގައި ދޯންޏަކަށް އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ.
ސަރުކާރުން މިހާތަނަށް މަސް ކިލޯއެއް ގަންނަމުން ދިޔައީ 17ރ. އަށެވެ. އެކަމަކު، އެ އަގު މިދިޔަ މަހުގެ 16 އިން ފެށިގެން ވަނީ 25ރ. އަށް ބޮޑުކޮށްފަ އެވެ.
ކުރީގެ ރޭޓުން މަސް ގަތް ނަމަ ލިބޭނީ އެއް މިލިއަން ރުފިޔާ އެވެ.
ގދ. މަޑަވެލީގެ ދޯންޏަކުން ވެސް މިދިޔަ އަހަރު 57 ޓަނުގެ މަސް ކިރުވައި މިލިއަނެއްހާ ރުފިޔާ ހޯދި އެވެ.
އެ ފަހަރު 57.152 ޓަނުގެ މަސް ކޫއްޑު އަށް ކިރުވައިގެން "ޓީއެސް ލައިން" ދޯންޏަށް 971،584ރ. ލިބުނެވެ.