05 އޮކްޓޯބަރ 2023 - 11:44

"އުރީދޫ ނޭޝަން - ގޭމާސް ލޭންޑް"ގެ ނަމުގައި އުރީދޫން ބާއްވާ ގޭމާސް ފެސްޓިވަލްގެ ޓޯނަމަންޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފެސްޓިވަލަކީ މިހާތަނަށް ރާއްޖޭގައި ގޭމިންގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު ފެސްޓިވަލުކަމަށް އެ ކުންފުނިން ބުންޏެވެ. މި ފެސްޓިވަލްގައި އެކި ވައްތަރުގެ ގޭމަރުންނަށް އަމާޒުކޮށް ތަފާތު ވައްތަރުތަކުގެ ގޭމުތަކުގެ ޓޯނަމަންޓުތައް ވަނީ ހިމަނައިފަ އެވެ.
މި ފެސްޓިވަލުގެ ޓޯނަމަންޓުތަކުގެ ތެރޭގައި ހިމެނެނީ ރޭސިން ސިމް ޗެލެންޖު، ކޮސްޕްލޭ، އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް އަދި ޓެކްކެން އެވެ.
ރޭސިން ސިމް ޗެލެންޖު
1 ވަނަ އިނާމު : 11،000ރ.
2 ވަނަ އިނާމު: 8،000ރ.
3 ވަނަ އިނާމު: 6،000ރ.
ކޮސްޕްލޭ
އެންމެ މޮޅު ކޮސްޓިއުމް: 10،000ރ.
އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް
1 ވަނަ އިނާމު: 20،000ރ.
2 ވަނަ އިނާމު: 10،000ރ.
3 ވަނަ އިނާމު: 5،000ރ.
ޓެކްކެން މުބާރާތް
1 ވަނަ އިނާމު: 5،000ރ.
2 ވަނަ އިނާމު: 3،000ރ.
3 ވަނަ އިނާމު: 2،000ރ.
މި ޓޯނަމަންޓުތަކުގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފެސްޓިވަލުގައި އުރީދުން އިންތިޒާމުކުރި ރާއްޖޭގެ އެންމެ ބޮޑު ޕްބަޖީ މުބާރާތުގެ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ކުޅޭނެ އެވެ. މި މުބާރާތުގައި 16 ޓީމަކުން މުބާރާތަށް ހުށަހަޅަފައިވާ 100،000ރ. ގެ ޕްރައިޒް ޕޫލަށް ވާދަކުރާނެ އެވެ. މި މުބާރާތުގެ އިތުރުން މި ފެސްޓިވަލުގައި 40،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ އީއޭއެފްސީ (ފީފާ) މުބާރާތާއި 25،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ރޭސިން ސިމް ޗެލެންޖާއި 10،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ޓެކެން މުބާރާތާއި 10،000ރ ހުށަހަޅާފައިވާ ކޮސްޕްލޭ މުބާރާތް ހިމެނެ އެވެ.
"އީދޫ ނޭޝަން - ގޭމާސް ލޭންޑް" ފެސްޓިވަލުގައި މުބާރާތްތަކުގެ އިތުރުން ކްލޯ މެޝިނާއި ފަހުގެ ވީޑިއޯ ގޭމުތައް ތަޖުރިބާކުރުމުގެ ފުރުސަތާއި ޖަސްޓް ހޫޕް އަދި ޖަސްޓް ޑާންސް ފަދަ ގޭމުތަކާއި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް އޮންނާނެ އެވެ.
މި ގޭމިން ފެސްޓިވަލް އޮންނާނީ އަންނަ މަހު ގެ 19 ވަނަ ދުވަހުން 21 ވަނަ ދުވަހަށް އުރީދޫގެ ހެޑް އޮފީހުގަ އެވެ. މިއީ ގޭމިންގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލެވެ.