މރ. ބީސްޓްގެ "ޑީޕް ފޭކް" ވީޑިއޯއަކުން ސްކޭމެއް
މރ. ބީސްޓްގެ "ޑީޕް ފޭކް" ވީޑިއޯއަކުން ސްކޭމެއް

މުޅި ދުނިޔޭގެ އެންމެ މަޝްހޫރު ޔޫޓިއުބާ، މރ. ބީސްޓް އާއި ބީބީސީގެ ދެ ޕްރެޒެންޓަރެއްގެ ފޭކް ވީޑިއޯތަކެއް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ސްކޭމެއް ހިންގާ މައްސަލަ ބޮޑުވެ އެކަން ސަމާލުކަމަށް ގެނެސްފި އެވެ.

މރ. ބީސްޓްގެ "ޑީޕް ފޭކް" ވީޑިއޯއަކުން ސްކޭމެއް
މރ. ބީސްޓްގެ "ޑީޕް ފޭކް" ވީޑިއޯއަކުން ސްކޭމެއް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެހެން މީހުންގެ މޫނާއި ހަށިގަނޑު ނަކަލުކޮށްގެން، އަސްލާ ދާދި އެއްގޮތަށް ހަދާ "ޑީޕްފޭކް" މި ވީޑިއޯތަކުގެ ތެރެއިން ޓިކްޓޮކްގައި ދައުރުވާ އެއް ވީޑިއޯގައި ފެންނަނީ "މރ. ބީސްޓް" އެންމެ ދެ ޑޮލަރަށް އައިފޯން 15 ދޭ ކަމަށް ބުނާ ވާހަކަތަކެވެ.

އަނެއް ވީޑިއޯގައި ބީބީސީގެ ދެ ޕްރެޒެންޓަރަކު ބިލިއަނަރު އީލޮން މަސްކާ ބައްދަލުކޮށް އިންވެސްޓްމަންޓެއްގެ ވާހަކަ ދައްކާތީ ފެނެ އެވެ. މިއީ އެކި ގޮތްގޮތުން ފައިސާ ހޯދަން މީގެ ކުރިން ވެސް ހިންގި ސްކޭމެއް ޕްރޮމޯޓްކުރާ ވީޑިއޯއެކެވެ. މިހާރު ފޭސްބުކުން ވަނީ މި ވީޑިއޯ ނަގައިފަ އެވެ.

މރ. ބީސްޓްގެ ފޭކް ވީޑިއޯ ވެސް މިހާރު ވަނީ ޓިކްޓޮކުން ނަގައިފަ އެވެ. ޓިކްޓޮކްގެ ތަރުޖަމާނަކު ބުނީ އެ ވީޑިއޯ ޓިކްޓޮކަށް ލީތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ނަގާފައި ކަމަށެވެ.

އޭއައިއާ އެކު ޑީޕްފޭކް ވީޑިއޯތައް ވަނީ ގިނަވެފަ އެވެ. މި ވީޑިއޯތަކުގައި ދުނިޔޭގެ އެންމެ މަޝްހޫރު މީސްމީހުންގެ ވީޑިއޯތައް ހަދާފައިވެ އެވެ.