05 ފެބުރުއަރީ 2017 - 23:24

މާލޭގައި މިރޭ އިރާކޮޅު ދެ އަންހެނަކު ހިންގި މާރާމާރީއެއްގައި އެކެއްގެ ބޯފަޅާލައިފި އެވެ.
އެނގިފައިވާ ގޮތުގައި މާފަންނު ގެއެއްގެ ތެރޭގައި ހިންގި މި މާރާމާރީގައި، މިހާރުގެ އަނބިމީހާ އަށް ހަމަލާދީފައި ވަނީ ކުރީގެ އަނބިމީހާ އެވެ. ދެ މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދެ އަންހެނެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ބޯފަޅައިގެން ދިޔަ އަންހެނަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވެ އެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.