އަޅުގަނޑުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި: މުއިއްޒު
އަޅުގަނޑުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، އެ މަނިކުފާނުގެ މައްޗަށް ހަމައެކަނި ހިނގާނީ ރައްޔިތުންގެ ބާރު ކަމަށް މިރޭ ވިދާޅުވެއްޖެ އެވެ.

އަޅުގަނޑުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި: މުއިއްޒު
އަޅުގަނޑުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި: މުއިއްޒު

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ހޮވުމާ ގުޅިގެން، ކާމިޔާބީ ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު އިންތިހާބުކުރީ ރައްޔިތުން ކަމަށާއި "އަޅުގަނޑު މިއީ ރައްޔިތުންގެ ހާދިމެއް" ކަމަށެވެ.

އަޅުގަނޑުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި: މުއިއްޒު
އަޅުގަނޑުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި: މުއިއްޒު

"އެހެންވީމާ ރައްޔިތުންގެ އަތުގައި ބާރު އޮތީ. ﷲ ސުބުހާނަހޫ ފިޔަވައި ރައްޔިތުން އަޅުގަނޑަށް ވޯޓުން ދިން އިތުބާރެއް އޮތީ. އެހެންވީމާ ރައްޔިތުންގެ އަތުގައި މި އޮތީ އަޅުގަނޑާ ދޭތެރޭގައި ގޮތް ނިންމުމުގެ ބާރު،" ސޯޝަލް ސެންޓަރުގައި އެތައް ސަތޭކަ ބަޔަކާ އެކު ބޭއްވި ބޮޑު ބައްދަލުވުމުގައި މުުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކަންކަން ކުރަން ތިއްބަވާނީ ތަޖުރިބާ ހުރި، ގާބިލް ބޭފުޅުންނެވެ. ކެބިނެޓަށް ވެސް އައްޔަން ކުރައްވާނީ އެފަދަ ބޭފުޅުން ކަމަށް ވިދާޅުވެ، ކެމްޕެއިންގައި ދެއްކެވި ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

"ރެ އާއި ދުވާލު މަސައްކަތް ކުރައްވާނެ އެ ބޭފުޅުން. ކޮންމެ ގަޑިއަކު ވަކި ކަމެއް ހިނގަނީ ކިހިނެއްތޯ ބަލަން އަޅުގަނޑު ފޯނު ކޮށްފިއްޔާ ޔަގީނުން ވެސް ފޯނު ނަންގަވާނެ. އެހެންވީމާ އެހާ ހީވާގި ބޭފުޅުން ތިއްބަވާނީ. ކުންފުނިތައް ހިންގަވަން ވެސް ތިއްބަވާނީ އެފަދަ ބޭފުޅުން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ދެއްވި ޔަގީންކަމަކީ ކެބިނެޓަށާއި ސަރުކާރުގެ އެކި މަގާމުތަކަށާއި ކުންފުނިތަކަށް އައްޔަން ކުރައްވާނީ ވެސް އެ މަނިކުފާނަށް ފުރިހަމަ އިތުބާރު އޮތް، އަދި އެ މަނިކުފާނު ވިދާޅުވާ ގޮތަށް ކަންކަން ކުރައްވާނެ ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު ފަހު ބަސް އެ އިން ކޮންމެ ބޭފުޅަކަށް ބުނާނީ. އެ ވަރުގެ ބޭފުޅުން އަޅުގަނޑު ކޮންމެ މަގާމަކަށް ވެސް ލާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު އެކުލަވައިލައްވާނީ މި ސަރުކާރު ގޮތަށް އެހެން ބައެއްގެ ބާރު ނުހިނގާނެ ސަރުކާރެއް ކަމަށެވެ.