ވަކި ގައުމަކަށް ބަރޯސާއެއް ނުވަން، ގެންގުޅުނީ އެންމެ ރަނގަޅު ހާރިޖީ ސިޔާސަތު: ރައީސް
ވަކި ގައުމަކަށް ބަރޯސާއެއް ނުވަން، ގެންގުޅުނީ އެންމެ ރަނގަޅު ހާރިޖީ ސިޔާސަތު: ރައީސް

މި ސަރުކާރުން ގެންގުޅުނީ އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ފަދަ ރަނގަޅު ހާރިޖީ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގެ ދަށުން ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެފައިނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވަކި ގައުމަކަށް ބަރޯސާއެއް ނުވަން، ގެންގުޅުނީ އެންމެ ރަނގަޅު ހާރިޖީ ސިޔާސަތު: ރައީސް
ވަކި ގައުމަކަށް ބަރޯސާއެއް ނުވަން، ގެންގުޅުނީ އެންމެ ރަނގަޅު ހާރިޖީ ސިޔާސަތު: ރައީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އަވައްޓެރި އިންޑިޔާ އާ އެކު މި ސަރުކާރުން ހެދި އެއްބަސްވުންތަކާއި ބޭއްވި ގާތްގުޅުމާ ގުޅުވައި އޮތް ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި ގިނަ ގައުމުތަކާ އެކު ގުޅުން ބަދަހިވެގެން ދިޔަ ކަމަށެވެ.

އަދި އދ. އާއި ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި އެންމެ މަތީ ހަރުފަތުގައި ރާއްޖެ ތަމްސީލު ވެ، އެކަމުގެ ފައިދާ ދިވެހިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފޮރިން ޕޮލިސީއަކީ މިހާތަނަށް ހިންގުނު އެންމެ ރަނގަޅު ފޮރިން ޕޮލިސީ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ބައިނަލްއަގުވާމީ ގޮތުން ތިމާވެއްޓާ ގުޅޭ ނިންމުތަކުގައި ރާއްޖޭގެ ބަސް ހޯދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އިންޑިޔާ އެކު ބޭއްވި ގުޅުމާ މެދު އުފައްދާ ޝައްކުތަކަށް ރައްދު ދެއްވައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓަކީ ވެސް ކުރީގެ ސަރުކާރުތަކުން ވާރުތަކޮށްފައި ހުރި އެއްބަސްވުންތަކުގެ ދަށުން ކޮށްފައިވާ ކަންކަމެވެ.

އެކަމުގައި ވެސް އެއްވެސް ކަމެއް ފޮރުވާފައި ނޯންނާނެ ކަމަށާއި އިންޑިޔާ ހިމެނޭ ގޮތަށް އަވައްޓެރި ގައުމުތަކާ އެކު ބޭއްވި ގާތް ގުޅުމަކީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

އަދި އެކަން ދެން އަންނަ ސަރުކާރަކުން ވެސް ކުރަންޖެހޭނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑުމެން ބަރޯސާއެއް ނުވަމޭ، އެހާ ބޮޑަކަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ނޮވެމްބަރު 17 ގައި އާ ސަރުކާރުން ގައުމާ ހަވާލުވެ، އެ އެއްބަސްވުންތައް ބަލައިފިނަމަ، އޭގައި އެއްވެސް ގޯހެއް އަދި ފޮރުވިފައިވާ އެއްވެސް ކަމެއް ނެތް ކަން ހާމަވެގެންދާނެ އެވެ.