13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

އުމުރުން 13 އަހަރުގެ ކުއްޖެއްގެ ހަބަރު ނުވެގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހޯދަމުން ދަނީ ޅ. ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ނައިފަރުންނެވެ. އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް އަދި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށެވެ.

އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންނަށް އެންގުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.