01 އޮކްޓޯބަރ 2023 - 20:44

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފި އެވެ.
އެކަން ހިނގުމާ އެކު އޭނާ ހައްޔަރުކޮށްފައި ވާއިރު، މިއަދު އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ގެންދިޔުމުން 60 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 35 އަހަރުގެ އެމީހާ ވޯޓު ފޮށި ފަޅާލީ އައިޑީކާޑް ނެތުމުން ވޯޓު ނުލެވޭނެ ކަމަށް އެންގުމުން އެކަމާ ރުޅި އައިސްގެންނެވެ.
މިކަން ހިނގީ ވޯޓުލާން ނިންމެން ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް ވޯޓު ކަރުދާސްތަކަށް ގެއްލުމެއް ނުވެ އެވެ. އެހެންވެ އެ ވޯޓުތައް ވަނީ ގުނާފަ އެވެ.