01 އޮކްޓޯބަރ 2023 - 17:55

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެންމެ ބޮޑު އުފަލެއް ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ މަންމާފުޅު ހުސްނާ އާދަމެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމަށް ހޮވުނުކަން ޔަގީންވުމާ އެކު އެމަނިކުފާނުގެ ގެކޮޅު، މ. ދިމްޔާތަށް އައީ "ބޮޑު އީދެކެވެ." މާފަންނު ކޮޅުގައި ހުންނަ ގެކޮޅުގައި އަނިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލާއެކު އެންމެން ވެސް ތިބީ މުއިއްޒުގެ އިންތިޒާރުގަ އެވެ.
ހ. މީރުމާގައި ބޭއްވި ނިއުސް ކޮންފަރެންސްއަށް ފަހު މުއިއްޒު ދިމްޔާތަށް ވަޑައިގަތުމުން މާބޮނޑިއަކާ އެކު އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަންމާފުޅު ހުސްނާ އެވެ. އަދި އުފަލުގެ ކަރުނައާއެކު މުއިއްޒުގެ ގައިގައި ހުސްނާ ބައްދާލެއްވީ އެވެ. އެވަގުތު ކައިރީގައި ދޮންބައްޕަ ވެސް ހުންނެވި އެވެ.
މުއިއްޒުގެ މަންމާފުޅާއި ދޮންބައްޕަ އަދި އަނބިކަނބަލުން ސާޖިދާގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ދިމްޔާތުގަ އެވެ.
އެތަނުގައި ހުރި މީހަކު ބުނީ އިންތިހާބުގެ ނަތީޖާއަށްފަހު ދެ ފަރާތުގެ އާއިލާއިން ވެސް ތިބީ މުއިއްޒަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ.
"ޕްރެސް ނިންމާފައި ގެއަށް ވަޑައިގަތުމުން އެންމެންނަށް ވެސް ވަރަށް ފުން އަސަރެއް ކޮށްފައި ތިބީ." އޭނާ ބުންޏެވެ.