01 އޮކްޓޯބަރ 2023 - 13:17

ކ. މާފުށިން އިތުރު 84 ގޯއްޗެއް ދޫކުރަން ކައުންސިލުން މަސައްކަތްތައް ފަށައިފި އެވެ.
އެ ކައުންސިލްގެ ރައީސް ހަސަން ސޮބާހު ވިދާޅުވީ، ކައުންސިލުން ރަށުގެ ބިމުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް އިތުރު ބިންތައް ދޫކުރަން ނިންމާނެ ކަމަށެވެ.
މިދިޔަ މާޗް މަހު ކ. މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން އިއުލާނު ކުރި އެވެ.
ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގޯތި ދޫކުރުމުގައި އިސްކަން ދޭނީ އެ ރަށުގެ ރައްޔިތުންނަށް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. މިދިޔަ އޭޕްރީލް މަހު ވަނީ ރަށުގެ ރައްޔިތުންނަށް ގޯތި ލިބުމަށް ފުރުސަތު ބޮޑުވާ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފަ އެވެ.
ސޮބާހު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭނަށް ގެންނަ ބަދަލުތައް ނިންމުމަށް އެކަން އެޕްރޫވް ކުރުމަށް ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅާނެ ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ވަނީ 2021 ވަނަ އަހަރު މާފުށީ ފަޅުގެ ދެކުނު ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އަލަށް ހިއްކި ބިމާ އެރަށާ ގުޅާ ދިނުމަށް އެ ރަށުގެ ކައުންސިލުން ވަނީ ސަރުކާރަށް އެދިފަ އެވެ.