ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް މުއިއްޒު ރައީސްގެ އަރިހުން އެދިވަޑައިގެންފި
ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް މުއިއްޒު ރައީސްގެ އަރިހުން އެދިވަޑައިގެންފި

މުއިއްޒު: މާދަމާ ރޭ އުފާ ފާޅު ކުރުމުގެ ހަރަކާތް އާޓިފިޝަލް ބީޗްގައި އޮންނާނެ.

ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް މުއިއްޒު ރައީސްގެ އަރިހުން އެދިވަޑައިގެންފި
ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް މުއިއްޒު ރައީސްގެ އަރިހުން އެދިވަޑައިގެންފި

މުއިއްޒު: މިއަދަކީ ރާއްޖެ އަށް ވަރަށް އުފާވެރި ދުވަހެއް. ރާއްޖެ އަނބުރާ ހޯދުމަށް ރައްޔިތުން ވަރުގަދަ ނިންމުމެއް ނިންމި ދުވަހެއް. އެންމެން އެކުގައި އެއް ބައެއްގެ ގޮތުގައި އެއްބައިވަންތަ ގޮތުގައި މިކަން ކާމިޔާބުވާނެ.

މުއިއްޒު: އަޅުގަނޑުމެންނަށް މިއޮތީ ގައުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ރައްޔިތުން މި ވަނީ ނިންމަވާފައި. އެ ޒިންމާ ރައްޔިތުން އެދިވަޑައިގަތް ގޮތަށް ޒިންމާ ނަގައިގެން ކުރިއަށް ގެންގޮސްދާނަން. ކުރިއަށް އޮތް ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި ގާނޫނީ ގޮތުން ކަންކަން ކުރަމުން ގެންދާނަން. އަދި ނޮވެމްބަރު 17 ގައި އަޅުގަނޑުގެ ރަސްމީ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ފަށާނަން.

މުއިއްޒު: މި ގައުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖެހުން ގެނެސްދޭނަން. އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރެވޭނެ. އަޅުގަނޑުމެންގެ އިގްތިސާދު ނަގައި ކޮޅަށް ޖެހޭނެ. ކުރިއަށް މިއޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ގެންދެވޭނެ ދުވަސްތަކެއް. އަޅުގަނޑުގެ ބަހާއި އަމަލު ދިމާވާނެ. އަޅުގަނޑުގެ ބަހުގެ އިތުބާރު ދަމަހައްޓާނަން. ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ގެންދާނީ.

މުއިއްޒު: އަޅުގަނޑުމެން މިރޭ އުފާވޭ. އެކަމަކު މި ހަމަޖެހުން ގެއްލުވާލަން އެއްވެސް ފުރުސަތެއް ދީގެން. ގައުމުގެ ކުރިމަގު ބަނަކުރުމަށް މަސައްކަތް ކުރަން އުޅޭނެ. އެ ފުރުސަތު އެއްވެސް ވަރަކަށް ނުދިނުން އެއީ އަޅުގަނޑުގެ އެދުމެއް.

މުއިއްޒު: އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް އަޅުގަނޑުގެ އަމަލުތައް ހުންނާނީ. ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެއީ އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެން ވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންދޭ.

މުއިއްޒު: އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށް ޓަކައި އެންމެ ރަނގަޅު ގޮތް.

މުއިއްޒު: މިއަދުގެ ނަތީޖާ އިން އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ޓަކައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ޓަކައި ރައްޔިތުން ބޭނުންވެގެން ތިބި މިންވަރު އެނގިގެން މި ދިޔައީ. އެކަމަށް ޓަކައި އަޅުގަނޑަށް އިތުބާރު ކުރެއްވެވި ހުރިހާ ބޭފުޅުންނާއި އަދި ހިޔާލު އެއްގޮތް ނުވި ނަމަވެސް ދެން ތިއްބެވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވަން. މި ވަގުތަކީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު. އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވުރެ މާ ބޮޑު. އަޅުގަނޑުމެންނަކީ ސުލްހަވެރި ބަޔަކަށް ވާން ޖެހޭނެ. އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ގެންނަން ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްލަހަތަށް ވުރެ އިސްކުރަން ޖެހޭނެ.

މުއިއްޒު: މާދަމާ ހެނދުނު 6 ޖެހުމުގެ ކުރިން އުފާފާޅު ކުރުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވޭ. އެހެންވެ ރައްޔިތުންނަށް ދެ ތިން އެއްޗެއް ދަންނަވާލަން ބޭނުންވެގެން މި ޕްރެސްކޮންފަރެންސް މި ބާއްވަނީ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު، ކާމިޔާބީއާ އެކު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އެބަ ގެންދަވަ އެވެ.

މި ނޫސް ކޮންފަރެންސް އޮތީ މީރުމާ ހޯލްގަ އެވެ. މި ނޫސްކޮންފަރެންސްގައި ރަނިންމޭޓް ހުސެއިން މުހަންމަދު ލަތީފު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ތަފުސީލު އަންނަނީ