ރާމް ގޯޕާލް ވަރުމާ އަދިވެސް އުރުމިލާގެ ހަނދާނުގައި
ރާމް ގޯޕާލް ވަރުމާ އަދިވެސް އުރުމިލާގެ ހަނދާނުގައި

ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ "ރަންގީލާ" ރިލިޒްވުމާ އެކު އެ ފިލްމުގެ ބަތަލާ އުރުމިލާ މަޓޯންކަރްގެ ފިލްމީ ކެރިއަރު ކުއްލިއަކަށް އާ އުސްމިނަކަށް ދަތުރު ކުރި އެވެ. އެ ފިލްމު ބަލާފައި އުރުމިލާއަކީ 90ގެ އަހަރުތަކުގައި ބެލުންތެރިން ތަފާތު ގޮތަކަށް ސިފަކުރި ބަތަލާއެކެވެ. އެ ފިލްމުގައި އޭނާ ނަށާފައިވާ ނެށުންތަކަކީ އެ ދުވަސްވަރު ޖާދޫގައި ޖެހުނު ނެށުންތަކަކަށް ވިއެވެ.

ރާމް ގޯޕާލް ވަރުމާ އަދިވެސް އުރުމިލާގެ ހަނދާނުގައި
ރާމް ގޯޕާލް ވަރުމާ އަދިވެސް އުރުމިލާގެ ހަނދާނުގައި

އެއާ އެކު އުރުމިލާ، 43، އާއި ރާމް ގޯޕާލް ވަރުމާގެ ސިއްރު ގުޅުންތަކުގެ ވާހަކަ ނޫސްތަކުގައި ލިޔަން ފެށި އެވެ. ނަމަވެސް އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް މިހާތަނަށް ވެސް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގެ އެވެ. އެއް ބަޔަކު ބުނަނީ އުރުމިލާ އާއި ރާމޫ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނުކަމަށެވެ. އަނެއް ބަޔަކު ބުނަނީ ރާމޫ އުޅުނީ އުރުމިލާއާ ހެދި، މަތިންބައިން ޖެހިގެން ކަމަށެވެ.

ރާމް ގޯޕާލް ވަރުމާ އަދިވެސް އުރުމިލާގެ ހަނދާނުގައި
ރާމް ގޯޕާލް ވަރުމާ އަދިވެސް އުރުމިލާގެ ހަނދާނުގައި

އޭގެ އެތައް އަހަރެއް ފަހުން ރާމޫ ވަނީ އޭނާ އާއި އުރުމިލާގެ ވާހަކަތައް އޭނާގެ އަމިއްލަ ބްލޮގްގައި ކިޔުންތެރިންނާ ހިއްސާ ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އުރުމިލާގެ ކަންތަކުގައި އޭނާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހަކަށް ވި އެވެ. އަދި އުރުމިލާ އަކީ އާދައިގެ އިންސާނެއް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ރާމޫ ލިޔެފައިވާ ގޮތުގައި ފިލްމީ މައިދާނަށް ވަދެ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފެށި ފަހުން އޭނާއަށް އެންމެ ފުން އަސަރުތަކެއް ކުރުވީ އުރުމިލާ އެވެ.

"އޭނާގެ ރީތިކަމުން އަހަރެން އާސޯޚުވި. އޭނާގެ މޫނާއި ހަށިގަނޑު އަދި އޭނާގެ ހުރިހާ ސިފައެއް ވެސް އަހަންނަށް ބަޔާންކުރަން ވެސް ނޭނގޭހާ ރީތިވި. ރަންގީލާގެ ކުރިން ވެސް އުރުމިލާ ބައެއް ފިލްމުތައް ކުޅެފައިވޭ. އެ ފިލްމުތަކެއް އެހާ ރަނގަޅަކަށް ނުހިނގި. އަދި ބެލުންތެރިންނަކަށް އެ ފިލްމުތަކުން އުރުމިލާ އެހާ ބޮޑަކަށް ފާހަގައެއް ނުކުރެވުނު. ނަމަވެސް ރަންގީލާ އަށް ފަހު މުޅި އިންޑިޔާގައި އުރުމިލާގެ ނަން ވިދަންފެށި،" ރާމޫ ލިޔެފައި ވެއެވެ.

ރާމޫ ބުނި ގޮތުގައި "ރަންގީލާ" އިން އުރުމިލާ ވިދާލިޔަސް އޭގެ އުރުމިލާ ރީތިވީ އޭނާގެ ސަބަބުންނެކޭ ނުބުނެވޭނެ އެވެ.

"ރަންގީލާ" އުފެއްދުމުގެ ހަމައެކަނި މަގްސަދަކީ ވެސް އުރުމިލާގެ ރީތިކަން ބެލުންތެރިންނަށް ދައްކާލުން ކަމަށާއި އެ ފިލްމުގެ މަންޒަރުތައް ކެމެރާއިން ޝޫޓްކުރަމުން ދިޔައިރު އޭނާއަށް އެ ލިބުނު ހިތްހަމަޖެހުން މިހާތަނަށް އެއްވެސް ފިލްމެއް ޝޫޓްކޮށްގެން ނުލިބޭކަމަށް ވެސް ރާމޫ ލިޔެފައިވެ އެވެ.

ރާމޫ ލިޔެފައިވާ ގޮތުގައި އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށަކީ އުރުމިލާ އަކީ އާދައިގެ އިންސާނެއް ނޫން ކަމަށް ގަބޫލު ކުރެވުމެވެ. އަދި އެއީ އެއްވެސް އަންހެނަކާ ދޭތެރޭ ދެކެވިގެން ވާނެ ގޮތެއް ނޫން ކަން ވެސް އޭނާ ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާ އަކީ ފިލްމީ މީހަކަށް ވެފައި އުރުމިލާ އަކީ އެހާ ލޯބި ސޫރައެއް ލިބިފައިވާ މީހަކަށްވާތީ އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީ ކަމަށް ބުންޏެވެ.

އުރުމިލާ އާއި ރާމޫ ރުޅިވި ވާހަކަ ނޫސްތަކުގެ ސުރުޚީތަކަށް އެރި ނަމަވެސް އެއްވެސް އިރެއްގައި ރާމޫއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަކަށް އުރުމިލާ އެއްބަސް ވެފައެއް ނުވެ އެވެ. އުރުމިލާ ބެލީ ރާމޫ އޭނާގެ ޖާދޫގައި ޖައްސައިގެން އޭނާ ލައްވާ މޮޅު ފިލްމުތަކެއް ތައްޔާރުކުރުވުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ކޮންމެއަކަސް ހިތް ހަލާކުވެފައިވާ ރާމޫ އަދިވެސް އުރުމިލާގެ ހަނދާނުގައި ބްލޮގްތައް ލިޔަނީ އެވެ.

އުރުމިލާ ވަނީ މިދިޔަ އަހަރު މޮޑެލް އަދި އެކްޓަރު މޮހްސިން އަޚްތަރު މުނީރްއާ ކައިވެނި ކޮށްފަ އެވެ. މި ކައިވެންޏާ ގުޅިގެން ވެސް އެންމެ ފުރަތަމަ އޭނާއަށް ތަހުނިޔާ ކިޔާ ޓުވީޓް ކުރި މީހަކީ ރާމް ގޯޕާލް ވަރުމާ އެވެ.