ޖަލަށް ލައި ކުރި އަނިޔާ އެއްވެސް އާއިލާއަކަށް އިޔާދަވާން ނޭދެން: ރައީސް
ޖަލަށް ލައި ކުރި އަނިޔާ އެއްވެސް އާއިލާއަކަށް އިޔާދަވާން ނޭދެން: ރައީސް

ޕީޕީއެމް ސަރުކާރުގައި އޮތް އަނިޔާވެރިކަމުގެ ވާހަކަ ދައްކަނީ އެމަނިކުފާނު ޖަލަށް ލާފާނެތީ ކަންބޮޑުވެގެން ނޫން ކަމަށާއި އާއިލާތަކުން މީގެ ކުރިން ތަހައްމަލްކުރި އަނިޔާވެރިކަން އެނބުރި އެހެން އެއްވެސް އާއިލާއަކުން ތަހައްމަލްކުރަން ނޭދޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ޖަލަށް ލައި ކުރި އަނިޔާ އެއްވެސް އާއިލާއަކަށް އިޔާދަވާން ނޭދެން: ރައީސް
ޖަލަށް ލައި ކުރި އަނިޔާ އެއްވެސް އާއިލާއަކަށް އިޔާދަވާން ނޭދެން: ރައީސް

އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުން ނުޖެހޭ ސަބަބުތައް ކިޔައިދޭން ޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުގައި އަނިޔާ ލިބިފައި ތިބި އެތައް ބަޔަކު ރޭ ވެސް ކެމްޕޭން ޖަލްސާގައި ބައިވެރިވި ކަމަށް ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ އާއިލާގެ އެއްވެސް މީހެއް ނޭދޭނެ އެ އަނިޔާވެރިކަން ތަހައްމަލްކުރާތަން ދެކޭކަށް. ސިޔާސީ ކަންތައްތަކުގައި އުޅޭއިރު ބައެއް ފަހަރަށް ދިމާވާނެ ކަންކަން. އެހެންވިޔަސް އިންސާނިއްޔަތާ ހިލާފު އަނިޔާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން," ރައީސް ވިދާޅުވި އެވެ.

"ކިތައް އާއިލާއަށް, ކިތައް މައިންނަށް, ކިތައް ބަފައިންނަށް, ކިތައް ދަރިންނަށްތޯ އަނިޔާ ލިބިގެން ދިޔައީ. އަޅުގަނޑު މި ވާހަކަ ދައްކަނީ ކޮންމެހެން އަޅުގަނޑު ޖަލަށް ލައި އެތާ ކުޑަ ގޮޅިއެއްފައި ބައިންދައިގެން އެކަމާ ކަންބޮޑުވެގެން ނޫން. އަދިވެސް އަޅުގަނޑުމެންނަށް ތިބެވިދާނެ,"

އެކަމަކު އެހެން އާއިލާތައް އެތަނުގައި ތަހައްމަލްކުރަން ޖެހޭނެ ކަންކަން އެއީ, ރައީސް ވިދާޅުވި ގޮތުގައި, އަނބުރާ އެކަމަކަށް ދޭވެނެ ކަންކަމެއް ނޫނެވެ.

ޕީޕީއެމްގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހައްޔަރުކޮށް ޖަލަށް ލި އެވެ. އެމަނިކުފާނާ އެކު އޭރު ސިޔާސީ ހަރަކާތްތަކުގައި އުޅުނު އެތައް ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ.