"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ބޭނުންވި ނަތީޖާ މުޅި ރާއްޖެއިން ނެރެ އެއް ބުރުން އިންތިހާބު ކާމިޔާބު ނުކުރެވުމަކީ އައްޑުއަށް ސިހުމެއް ނޫނެވެ. އިންތިހާބުތައް ކާމިޔާބުވުމުގައި އަބަދުވެސް ބޮޑު ހިއްސާއެއް އޮންނަ އައްޑޫގެ އެމްޑީޕީ ސަޕޯޓަރުން ކިތަންމެ ފަަހަރަކު އިންތިހާބުތަކުގައި މި މަންޒަރު ބަލައިފި އެވެ. އެކަމަކު ފަހު ވަގުތު ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަމުގައި ތިބީ ވަރުގަދަ އަޒުމެއްގަ އެވެ.

"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

"ފުރަތަމަ ބުރަށް ވުރެން ތާއީދު މާބޮޑުވެއްޖެ. ވޯޓުލާން ނުނިކުމެ ތިބި މީހުން ވެސް ޓީމުތަކާ ގުޅިގެން ފޯރީގައި ނުކުމެ ތިބީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ކާމިޔާބީއެއް މި ބުރުގައި ލިބޭނެ," ރައީސްއާ އެކު އައްޑޫގައި މިއަދު ބައްދަލުވުމުގެ ބައިވެރިވެވަޑައިގަތް ސަޕޯޓަރަކު ބުންޏެވެ.

"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

ފުރަތަމަ ބުރުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ ވޯޓު ލިބިވަޑައިގަތް އައްޑޫން އެމަނިކުފާނު ނޫން ގޮތެއް އިހްތިޔާރު ނުކުރާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.

"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

ސަބަބަކަށް މިތަނުގައި ތިބި ސަޕޯޓަރުން ދައްކަނީ މި ފަސް އަހަރުގެ ތެރޭގައި އައްޑުއަށް އައިސްފައިވާ ބޮޑު ބަދަލެވެ. އެހެން އެއްވެސް ސަރުކާރަކާ ނުބައްދަލު މިންވަރަށް އައްޑުއަށް ކުރިއެރުން އަތުވެއްޖެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

ބިޔަ އެއް މަޝްރޫއަކަށް ދައްކަނީ މި ސިޓީން ހިއްކާފައި އޮތް ބިމެވެ. ވާރޭކޮޅެއް ވެހިލައިފި ނަމަ ފެންބޮޑުވެ ހިނގާނުލެވޭ މަގުތަކަށް ލިބިފައި އޮތް ފަސޭހަ އެވެ. ކެމްޕޭން ޖަގަހައިގައި ތިބެގެން މިވެރިކަމުގައި އައްޑުއަށް އައި ކުރިއެރުން ދައްކަން ކޮންމެ މީހަކު ވެސް އަތްދިއްކޮށްލަނީ ތާރު މަގަށެވެ.

"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

"އައްޑުއަށް މިވަރަށް ކަންކަން ކޮށްދެއްވި ވެރިއަކު ނެތް," އަބްދުﷲ ހުސެއިން ބުންޏެވެ.

"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"
"އަފިރިން މިތިބީ ގަދަކޮށް ރައީސްއާ އެކު, ނަތީޖާ އިން ދައްކާނަން"

"މަރަދުއަކީ އުދައަރާ އިރު އެއްފަރާތުން އުދައަރައިގެން ގޮސް މުޅި ރަށުތެރެއަށް އުދައަރާ ރަށެއް. މިހާރު އެ އޮތީ މަރަދުއަށް ވުރެން ބޮޑު ސަރަހައްދެއް ހިއްކާފައި. އައްޑޫ ސިޓީގައި އެބައޮތް ފަސް ރިސޯޓް ހިއްކާ ހަދާފައި. އައްޑޫ ސިޓީ އެއާޕޯޓުގެ އެއާޕޯޓުގެ މަސައްކަތް ހިނގަމުންއެދަނީ. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ މި ސަރުކާރުން ކޮށްދޭ މަސައްކަތްތައް."

އޭނާ ބުނި ގޮތުގައި މި ސަރުކާރު ދެވަނަ ދައުރަކަށް ހޮވުމަށް ކުރެވެން އޮތް ކަމެއް ކުރާނެ އެވެ.

"މުޅި އައްޑޫ ސިޓީ މިއޮތީ ސާބިތުކަމާ އެކު ރައީސް ސޯލިހަށް ތާއީދުކޮށްގެން," އަބުދުﷲ ހުސެއިން ބުންޏެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މަރިޔަމް ރަޒާނާ ބުނީ އައްޑުއަށް އައިސްފައި އޮތް ކުރިއެރުން ދޫކޮށްލައި އަނިޔާވެރިކަމުގެ ތެރެއަށް ދާން އޭނާ ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު މިއީ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި މުޒާހަރާއަށް ނުކުތް މީހެއް. ވަރަށް ބޮޑެތި އަނިޔާތައް ލިބުނު. އަޅުގަނޑުގެ ކޮނޑުގައި ފަހަތުން އައިސް ޖަހައި ގަންނަވާލީމަ ކޮނޑު އެތައް ދުވަހަކު ހިއްލާ ނުލެވި އުޅުނިން. ވަރަށް އަނިޔާކުރި ސަރުކާރެއް އެ ސަރުކާރަކީ ކޮންމެ ގޮތެއް ވިޔަސް،" ރަޒާނާ މި ވެރިކަން ބަދަލުވާން ނޭދޭ ސަބަބު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކިއަސް އައްޑޫން މި ފެންނަނީ އެހެން ސަރުކާރެއްގައި ފެނުނު މަންޒަރެއް ނޫނެވެ. މާބޮޑަށް ވެސް މި ސަރުކާރު ތަފާތު ކަމަށް އޭނާ ބުންޏެވެ.

"މުއިއްޒުގެ ސަރުކާރު ހޮވިއްޖިއްޔާ އަޅުގަނޑުމެންނަށް ނޯންނާނެ އަޅުގަނޑުމެންނަށް އަނގަ ހުޅުވާލެވޭކަށް ވެސް. ގޮޅިއަށް ލައި އަނިޔާކުރާނެ ކަން އަޅުގަނޑަށް އޮތީ ފެނިފައި. އެހެންވީމަ އެއީ އަޅުގަނޑު ބިރުގަންނަ ކަމެއް. ފުރަތަމަ ބުރުގައި އަޅުގަނޑު ހުރީ އެ މީހުންނާ އެކުގައި. އެކަމަކު އެ ސަބަބާއި އެ މީހުންގެ ތެރޭގައި ވަރަށް ނޭއްގާނީ ކަންތައްތަކެއް ހުރީމަ އަޅުގަނޑު މިހުރީ އައިސް މިކޮޅުގައި ދެވަނަބުރުގައި،" ރަޒާނާ ވިދާޅުވި އެވެ.

"އިންތިހާބު ކާމިޔާބުކުރަން އެކަން ނުފެންނަ ކަމަށް ހަދައި ބޮޑެތި ދޮގު ބަޔަކު ހެދިޔަސް ހަގީގަތް ވާނީ ހަގީގަތަކަށް. އަޅުގަނޑަށް ފެނޭ ހުޅުދޫގައި ވެސް ހަމަ ބޮޑު ބަނދަރެއް ހަދާފައި އޮތީ. މި ފަސް އަހަރު ނުލިބުނިއްޔާ އަނެއްކާވެސް އެކަންކަން މަޑުޖެހުމަކަށް ދާނެ."

ކެމްޕޭނަށް ނުކުމެ ހުރި މުހައްމަދު ސައީދު ބުނީ ފުރަތަމަ ބުރުގައި ދިމާވި ގޮތަކީ ކާމިޔާބު ވަރަށް ގެރެންޓީކޮށްގެން ތިބުމުން އެއް ބަޔަކު ވޯޓުލާން ނުނިކުތީ ކަމަށެވެ. ދަ ޑިމޮކްރެޓްސްގައި އެމްޑީޕީ ފިކުރުގައި ތިބި މީހުން ވެސް މި ބުރުގައި ގަދައަށް އަރައިފި ކަމަށް އޭނާ ބުންޏެވެ. އެއީ ވެސް ނަތީޖާ ބޮޑުތަނުން ތަފާތުވާނެ ސަބަބެއް ކަމަށް އޭނާ ދައްކަ އެވެ.

"މައުމޫން ދައުރުން ފެށިގެން އިބޫގެ ދައުރާ ހަމައަށް މި ހިސާބަށް ދެވުނު އިރުގައި ވެރިއަކަށް މި އައްޑޫ ސިޓީއަށް އެންމެ ގިނަ ކަންކަން ކޮށްދެވިފައި ހުރީ ރައީސް އިބޫއަށް, އޭނާ ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި ފުރަތަމަ ބުރަށް ވުރެން މާބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮޅުވާނެ އެވެ. އެވަރަށް ކެމްޕޭން ޓީމުތައް ތައްޔާރުވެއްޖެ އެވެ. ފުރަތަމަ ބުރުގައި ނުނިކުމެ ތިބި ގޮތަށް ތިބެގެން އައްޑޫގެ ތަރައްގީ ހުއްޓެން ބޭނުން ނުވާ ކަމަށް ސަޕޯޓަރުން ބުންޏެވެ.