ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް
ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް

ރާއްޖޭގެ ތަރައްގީއަށް އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި ކުރެވުނު ހެޔޮ, ރަނގަޅު ކަންކަން އެކި ރަށްރަށުން ފެންނަން އެބަހުރި ކަމަށާއި އެހެން އެކަން އޮއްވައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކަކާއި ފިތުނަ ސަރުކާރާ މެދު ފަތުރައި ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް
ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް

މާލޭގެ ކެމްޕޭނަށް ފަހު އައްޑުއަށް މިއަދު ވަޑައިގެން ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކިތަންމެ ރަނގަޅު ކަމެއް ކޮށްފައި އޮތަސް އެއީ ގޯހެއް ކަމަށް ތަކުރާރުކޮށް އޮޅުވާލަމުންދާ ނަމަ އެކަން ގަބޫލުކުރާނެ ބަޔަކު ތިބޭނެ ކަމަށެވެ. އެކަމަކު ސަރުކާރަށް ނިސްބަތްކޮށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ދުރު ފިތުނަތަކެއް ކަމަށް ވިދާޅުވި އެވެ.

ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް
ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް

"އޭގެ ރައްދުގައި އޭގެ ހަގީގަތް ހާމަކޮށްނުދެވެންޏާ ފެތުރިގެން އެބަދޭ. މިކަން ވެސް އެބައޮތް ރަށްރަށުގައި. އިދިކޮޅުގެ ދޮގުތައް ހާމަކޮށްދޭން ވަރަށް ގިނަ މަސައްކަތް ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވިއްޖެ," ރައީސް ވިދާޅުވި އެވެ.

ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް
ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ, ބަދަލުގައި އިދިކޮޅުން ތަކުރާރުކުރަނީ ދޮގާއި ފިތުނަ: ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިއާ ގުޅުވައި އަދި ކަނޑުވިއްކާލި ކަމަށް ބުނެ ވެސް ހަދަމުން ދަނީ ބޮޑެތި ދޮގުތަކެކެވެ. އެއީ އޮޅުވާލުންތަކެއްކަން ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހޮނިހިރުދުވަހު ނަގާ ދެވަނަބުރުގެ ވޯޓުގެ ކުރިން އައްޑުއަށް ވަޑައިގަތުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ފުރަތަމަ ބުރުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް މި ބުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި ކޮށްދެވުނު ކަންކަން ފެންނަން އެބަހުރި ކަމަށެވެ.

"މިދިޔަ ފަސް އަހަރާއި މީގެ ކުރީގެ ފަސް އަހަރާ އަޅާކިޔާއިރު ތަރައްގީއަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތައް ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް އެހެރީ ފެންނަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމަކީ ވެސް ވޯޓު ގެއްލުނު ކަމެކެވެ. ފުރަތަމަ ބުރުގެ ނަތީޖާ ރަނގަޅަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެމްޑީޕީން ވަކިވެ އުފެއްދެި ޑިމޮކްރެޓްސްގެ ވޯޓާ އެކު އެމްޑީޕީ ފިކުރަށް 50 ޕަސެންޓަށް ވުރެން މަތިން ރަށްރަށުން ވޯޓު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ވިސްނުމާއި ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓީ އެބައޮތް. މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނައުން," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު އެކަން ކުރެވޭނެ ކަމަށާއި ނަތީޖާ ވެސް ރަނގަޅުވާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި އެންމެ މުހިއްމީ އިދިކޮޅުން ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް އޮޅުންފިލުވައިދީގެން ވޯޓުލާން ނުކުތުމެވެ. ކުރިން ބުރުގައި ވޯޓުލާން ނުނިކުމެ ތިބުމަށް ދިމާވި ހުރިހާ ކަންކަން މިހާރު ހުރީ ހައްލުވެ ވޯޓުލާ ދުވަހާ ހަމައަށް އިންތިޒާމްވެފައި ކަމަށް ވިދާޅުވި އެވެ.

ކުރީގެ ބުރުގައި ގޭގެއަށް ގޮސް ބައްދަލުނުކުރެވުމާއި ވޯޓުލާ ދުވަހުގެ ޓްރާންސްޕޯޓާއި އެގްޒިޓް ޕޮލް ނުބެލުން ފަދަ ކަންކަން ހިނގިޔަސް މި ބުރުގައި އެކަންކަން ތަކުރާރު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގައި ހުރިހާ ދާއިރާގެ ފޮއްޓަށް ވާނީ އިންތިޒާމްތައް ހަމަޖެހިފައި. ހެނދުނު ހެނދުނާ ގޮސް އަޅުގަނޑުމެން ވޯޓުލާން ޖެހޭ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވޯޓުލާ ދުވަހަށް ފުރިހަމައަށް ތައްޔާރުވުމާއި އެމްޑީޕީ ފިކުރުގައި ތިބެ ދުރަށް ދިޔަ މީހުންނާ އެކީގައި މަސައްކަތްކުރުމާ އެކު އިދިކޮޅުން ހަދާ ދޮގުތަކާއި ފިތުނަ ރައްޔިތުންނަށް އޮޅުންފިލުވައިދެވިއްޖެ ނަމަ އެމްޑީޕީއަށް ކާމިޔާބުވާނެ އެވެ. ރައީސް އެދިވަޑައިގަތީ އެ ތިން ކަންތައް އެމްޑީޕީގެ ކެމްޕޭން ޓީމުތަކުން ކޮށްދިނުމަށެވެ.