ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން އާއި ވެލްނެސް ޕާޓްނަރުން އިއުލާނުކޮށްފި
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން އާއި ވެލްނެސް ޕާޓްނަރުން އިއުލާނުކޮށްފި

ދިރާގު ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން އެންޑް ވެލްނެސް ޕާޓްނަރުން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕާޓްނަރުންނާ އެކު ބައިވެރިން ދުވުމަށް ތައްޔާރުވުމަށް ބޭނުންވާ ހާއްސަ ކޯޗިން ލިބޭނެ އެވެ. މި އަހަރުގެ ކޯޗިން ޕާޓްނަރުންނަކީ ސާއިދު ސްޕޯޓްސް، އެލީޓް ރަނާސް އަދި ކްލަބް ކޭވައި ސްޕޯޓްސް އެވެ.

ދިރާގުން ބުނީ ކޯޗިން ޕާޓްނަރު ސާއިދު ސްޕޯޓްސްއާ އެކު ފުރަތަމަ ފަހަރަށް ރޯޑް ރޭހުގެ ބައިވެރިންނަށް ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާ ހަސަން ސާއިދުގެ ފަރާތުން ހިލޭ ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެލީޓް ރަނާސްއާ އެކު ޕާސަނަލައިޒްޑް ޓްރެއިނިން ޕްރޮގްރާމަކާއެކު ތަމްރީންވުމުގެ ފުރުސަތާއި ކްލަބް ކޭ ވައި ސްޕޯޓްސްއިން ކޯޗު ޔަޒޫ އާއި ކްސާބާއާ އެކު ދުވުންތެރިންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ދުވުމުގެ ވެލްނަސް ޕާޓްނަރަކީ ދަ ވެލްނެސް ކްލަބެވެ. މި ޕާޓްނަރާ އެކު ޝްހޫރު ރަނިން ކޯޗު މަރިޔަމް އަބްދުލް ކަރީމްގެ ފަރާތުން ފިޒިކަލް ފިޓްނަސް އަދި ވެލްނެސްއާ ގުޅޭ ގައިޑެޑް ސެޝަންތަށް ބައިވެރިންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ރޯޑް ރޭހުގެ ދުވުންތެރިން ތައްޔާރުކުރުމަށް 2018 ވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލް ޗޯކިން ދަނީ ދެމުންނެވެ.

ދިރާގު ރޯޑް ރޭސް އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ. މި ދުވުމުގައި މި އަހަރު 4000 ދުވުންތެެރިން ބައިވެރިވެ އެވެ.