ދަތުރުފަތުރުގެ ފަސޭހަކަން: ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް އިހްސާސްވާކަމަށް
ދަތުރުފަތުރުގެ ފަސޭހަކަން: ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް އިހްސާސްވާކަމަށް

މި ދައުރުގެ ތެރޭގައި އާރުޓީއެލްގެ އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލައި ގެނެވުނު ބޮޑު ބަދަލުގެ އުފާވެރިކަން ރަށްރަށުން ފެންނަ ކަމަށާއި މުޅި ރާއްޖެ އެކީގައި ގުޅުވާލެވުމުން އިންގިލާބީ ބޮޑު ކުރިއެރުމެއް ރަށްތަކަށް އަންނާނެ ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދަތުރުފަތުރުގެ ފަސޭހަކަން: ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް އިހްސާސްވާކަމަށް
ދަތުރުފަތުރުގެ ފަސޭހަކަން: ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް އިހްސާސްވާކަމަށް

ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް "މިހާރު"ގެ "ވޯކް ދަ ޓޯކް" ގައި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުމުގެ ބަދަލު، ބޮޑު ތިލަދުންމަތިން ފަށައި ހީނުކުރާ ފަދަ ލުއި ފަސޭހަކަން އާއްމުންގެ ދިރިއުޅުމަށް ގެނެވިއްޖެ ކަމަށެވެ. ހާއްސަކޮށް ސިއްހީ ހިދުމަތްތައް ހޯދުމަށާއި ވިޔަފާރީގެ ގުޅުންތައް ކުރިއަރުވަން ފަސޭހަވެގެން ހިނގައްޖެ ކަމަށެވެ.

ދަތުރުފަތުރުގެ ފަސޭހަކަން: ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް އިހްސާސްވާކަމަށް
ދަތުރުފަތުރުގެ ފަސޭހަކަން: ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް އިހްސާސްވާކަމަށް

ހއ. އާއި ހދ. ގެ ރަށަކަށް ދެވުމުން، ދަތުރުފަތުރު ކުރިން ކުރަމުން އައި ގޮތާއި މިހާރުގެ ފަސޭހަކަން އެ މީހަކު އަމިއްލައަށް ވެސް އިހްސާސްކުރެވޭނެ ކަމަށް ރައީސް ވިދާޅވި އެވެ.

"އެހެން ނޫނިއްޔާ [މި ފަސޭހަކަން ނުލިބޭއިރު] މިސާލަކަށް މަކުނުދޫގައި ހުންނަ މީހަކު ކުޅުދުއްފުއްޓަށް ދާން އެ ކުރަން ޖެހޭ ހަރަދު، 4،000-5،000ރ. އޭގެ ބަދަލުގައި 200 ރުފިޔާ ވެސް ނާރާ ގޮތަށް ކޮންމެ ދުވަހަކު މިހާރު އާދެވޭ. އޭގެ އުފާ އެ ރަށްރަށުގައި އުޅޭ ރައްޔިތުން އެބަ އިހްސާސްކުރޭ. ވަރަށް ބޮޑު ފަސޭހައެއް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މި ނެޓްވޯކުން މުޅި ރާއްޖެ ލާމެހި ގުޅާލެވުމުން ހީނުކުރާވަރުގެ ބޮޑު ބަދަލެއް އަންނާނެ. ރައްޔިތުންގެ ދިރިއުޅުމަށާއި ވިޔަފާރިއަށް. އަދި ހާއްސަކޮށް އެއް ރަށުގައި އުޅޭ މީހުން އަނެއް ރަށެއް ބަލާލަން ދާން، ހޮލިޑޭ ހަދަން ވިޔަސް. އެހެން ބަޔަކަށް ޑިޕެންޑްނުވެ އެގޭނެ މިވެނި ގަޑިއަކު ފުރާ ލޯންޗެއް އޮންނާނެކަން. އެ ބޭނުންވާ ރަށެއްގައި ހުރެލާފައި އަންނަންވީ."

ރާއްޖޭގެ ބޮޑު ސަރަހައްދެއް ދަތުރުފަތުރުން މިހާރު ގުޅާލެވިފައި އޮތް އިރު، ރައީސް ވިދާޅުވި ގޮތުގައި، މި ނިޒާމް ފުރިހަމަވެ މި އަންނަނީ ރާއްޖެއަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެކެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި، ޖީބަށް ލުއި ދަތުރުތައް ހއ، ހދ، ށ، ގެ 41 ރަށަށް ބަލާއިރު ވެސް އަހަރެއްހާ ދުވަހު 322،238 މީހުން ދަތުރުކޮށްފައިވެ އެވެ. ހދ. ކުޅުދުއްފުއްޓަށް އެކަނި ވެސް 103،026 މީހުން އަހަރެއްގެ ތެރޭގައި ދަތުރުކުރި އެވެ. ހދ. ހަނިމާދު އާއި ދިއްދު އާއި ފުނަދޫގެ ދަތުރުތައް ވެސް އެހާ ގިނަ އެވެ.

އެންމެ ފަހުން އާރުޓީއެލްގެ ދަތުރުތައް ފެށީ ހުވަދު އަތޮޅުގަ އެވެ. ގއ. އާއި ގދ. (ހުވަދު އަތޮޅު)ގެ 21 ރަށް ގުޅުވައިދިން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަަވައިދެއްވުމަށް ފަހު އިއުލާންކުރައްވާފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ނ. އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފަށާނެ އެވެ. އެ އަތޮޅަށް ބޭނުންވާ އާރްޓީއެލް ފެރީތައް ބަނުމަށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުމެވެ.