26 ސެޕްޓެމްބަރ 2023 - 11:15

ގުޅިގެން ވައްކަން ކުރުމުގެ ރެކޯޑު އޮންނަ އަންހެނަކާއި ފިރިހެނަކު ވައްކަމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
އުމުރުން 40 އަހަރުގެ ފިރިހެން މީހާ އާއި 41 އަހަރުގެ އަންހެން މީހާ މިފަހަރު ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 30 ދުވަސް ދީފަ އެވެ.
ބަންދުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވެ އެވެ. ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ އެކަށީގެންވާ ވަރަށް ހެކި ހުރުމާއި އެ މީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑު ވަރަށް ގިނައިން އޮންނަ ދެ މީހުންނެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މި ދެ މީހުންނަކީ ގުޅިގެން ވައްކަން ކުރުމުގެ އެތައް ރެކޯޑެއް އޮންނަ ދެ މީހުންނެވެ.
ވައްކަމުގެ ތުހުމަތަށް މިފަހަރު ހައްޔަރުކުރި ވެސް އެ ދެ މީހުންގެ މައްސަލައެއް ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅޭ ތަފްސީލެއް ކޯޓު އަމުރުގައި ހިމަނައިފައެއް ނުވެ އެވެ.