ޔޫޓީއެފް ޑޮކް ޔާޑު ހަދަނީ އަސްކަރީ ބިޔަ މަނަވަރުތަކަށް ބޭނުންކުރެވޭ ގޮތަކަށް ނޫން: އެމްއެންޑީއެފް
ޔޫޓީއެފް ޑޮކް ޔާޑު ހަދަނީ އަސްކަރީ ބިޔަ މަނަވަރުތަކަށް ބޭނުންކުރެވޭ ގޮތަކަށް ނޫން: އެމްއެންޑީއެފް

އުތުރުތިލަފަޅު (ޔޫޓީއެފް) ގައި އެމްއެންޑީއެފުން ތަރައްގީކުރާ ޑޮކްޔާޑަކީ ބޭރުގެ އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ފަދަ ބިޔަ މަނަވަރުތައް އަޅައި، މަރާމާތުކޮށް އަދި އެހެލައި ބޭލުން ފަދަ ކަންކަން ކުރެވޭ ގޮތަށް ހަދާ ތަނެއް ނޫން ކަމަށް އެމްއެންޑީއެފުން ރޭ ބުނެފި އެވެ.

ޔޫޓީއެފް ޑޮކް ޔާޑު ހަދަނީ އަސްކަރީ ބިޔަ މަނަވަރުތަކަށް ބޭނުންކުރެވޭ ގޮތަކަށް ނޫން: އެމްއެންޑީއެފް
ޔޫޓީއެފް ޑޮކް ޔާޑު ހަދަނީ އަސްކަރީ ބިޔަ މަނަވަރުތަކަށް ބޭނުންކުރެވޭ ގޮތަކަށް ނޫން: އެމްއެންޑީއެފް

އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ ބޭހެއްގެ ގޮތުގައި އެ ގައުމުގެ މަނަވަރުތައް އަޅައި މަރާމާތުކުރުން ފަދަ ކަންކަން ކުރާ ގޮތަށް ހަދާ ތަނެއް ކަމަށް ފަތުރާ ވާހަކަތައް ކުރިން ވެސް ދޮގުކޮށްފައި ވާއިރު، ރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ އެ ވާހަކަ ދޮގުކޮށް ބައެއް ތަފްސީލް ދީފަ އެވެ.

"އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށް ވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށް ވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް، ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ބަޔާނުގައި ވެ އެވެ.

"މިއީ ބޭރު ގައުމެއްގެ ނޭވަލް ބޭސް އެއް ނޫންކަަން ތަކުރާރުކޮށް ދަންނަވަމެވެ،" ދިވެހި ސިފައިން ބުންޏެވެ.

ސިފައިންގެ ކޯސްޓް ގާޑު އުޅަނދުތައް މިހާރު އަޅާފައި ބާއްވަނީ ހުޅުމާލޭ ބަނދަރުން 270 މީޓަރުގެ ސަރަހައްދެއް ހާއްސަކޮށް އެ ތަނުގައިކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ހަދާ ތަނަކީ 300 މީޓަރުގެ މަގަތު ފާލަމަކާއި ސްލިޕްވޭއަކާއި ރިޕެއާ ސެންޓަރެއް ކަމަށެވެ. އެކަމަކު މިއީ 500 ޓަނޭޖުން ދަށުގެ ކުދި އުޅަނދުތަކަށް ހަދާ ތަނެއް ކަމަށް ބުންޏެވެ.

މިތަން ހަދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ވިޔަސް މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއް ކަމަށް ބުނާ ވާހަކަ ބަޔާނުގައި ތަކާރުކޮށްފައިވެ އެވެ.

އުތުރުތިލަފަޅުން ގޯތި ދޫކުރަން ނިންމައި އެކަން އިއުލާނުކުރުމާ އެކު، އެއީ ގޯތި ދޫކުރާ ތަނެއް ކަމަށާއި އެހެންވެ އެތަން ބަލަން ބޭނުން ކަމަށް ބުނެ އެމްއެންޑީއެފްގެ ބަނދަރަށް ނޫސްވެރިންތަކެއް އަރަން އުޅުނު މައްސަލާގައި ވެސް އެމްއެންޑީއެފުން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެތަނަށް އަރަން އުޅުނީ ހުއްދަ ނުހޯދައި ކަމަށާއި އެތަނަށް ނޭރުވުމުން، ކަން ހިނގި ގޮތް ކަމަށް ބުނެ ދޮގު ވާހަކަ ފަތުރަމުންދާ ކަމަށެވެ. އަދި އެތަނަށް އަރަން އުޅުނު މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.