ކުރީގެ ނައިބު ރައީސް ޖިހާދާ އެކު، ޖޭޕީގެ ބައެއް އިސްބޭފުޅުންނާއި ބައެއް މެމްބަރުންގެ ތާއީދު މުއިއްޒަށް
ކުރީގެ ނައިބު ރައީސް ޖިހާދާ އެކު، ޖޭޕީގެ ބައެއް އިސްބޭފުޅުންނާއި ބައެއް މެމްބަރުންގެ ތާއީދު މުއިއްޒަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މިރޭ ތާއީދުކު ރައްވައިފި އެވެ.

ކުރީގެ ނައިބު ރައީސް ޖިހާދާ އެކު، ޖޭޕީގެ ބައެއް އިސްބޭފުޅުންނާއި ބައެއް މެމްބަރުންގެ ތާއީދު މުއިއްޒަށް
ކުރީގެ ނައިބު ރައީސް ޖިހާދާ އެކު، ޖޭޕީގެ ބައެއް އިސްބޭފުޅުންނާއި ބައެއް މެމްބަރުންގެ ތާއީދު މުއިއްޒަށް

ކުރީގެ އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޖިހާދު ވަނީ ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ ފޯމު މުއިއްޒާ ހަވާލު ކުރައްވައިފަ އެވެ.

އޭނާ ޖޭޕީއާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ހުންނެވީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގަ އެވެ.

ޖިހާދާ އެކު ޕީޕީއެމަށް މިރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުޣުނީ ވެސް ހިމެނެ އެވެ. ފިލްމީ ތަރި ރިޝްފާ ވެސް ވަނީ މިރޭ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.

ޕީޕީއެމަށް ސޮއިނުކުރައްވައި، ޖުމްހޫރީ ޕާޓީގެ އިތުރު ބައެއް ކައުންސިލް މެންބަރުން ވެސް ވަނީ މިރޭ މުއިއްޒަށް ތާއީދުކުރައްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ޖުމްހޫރީ ޕާޓީއިން ދެ ވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރަން ނިންމާފައި ނުވާތީ އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން އަންނަނީ ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންނެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން މިހާރު ވަނީ ދެ ކެންޑިޑޭޓުންނަށް ބެހިފަ އެވެ.