ގައުމު އެއްބައިވަންތަ ކުުރުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް: ސިރިސޭނާ
ގައުމު އެއްބައިވަންތަ ކުުރުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް: ސިރިސޭނާ

ކޮލަމްބޯ (ފެބްރުއަރީ 5) - ދިގު ހަނގުރާމައަކަށް ފަހު ގައުމުގެ ތަފާތު ނަސްލުތަކުގެ މީހުން އެއްބައި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ގައުމު އެއްބައިވަންތަ ކުުރުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް: ސިރިސޭނާ
ގައުމު އެއްބައިވަންތަ ކުުރުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް: ސިރިސޭނާ

އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނުތާ 69 އަހަރު ފުރުނު މުނާސަބާގައި ސިރިސޭނާ ވަނީ ގައުމުގެ އެއްބައިވަންތަކަން ގާއިމު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅު ހަދާ ފަރާތްތަކަށް ފާޑު ވިދާޅުވެފަ އެވެ.

"ތަފާތު ނަސްލުތައް އެއްބައި ކުރުމަށާއި ގައުމީ އެއްބައިވަންތަކަމުގެ މަސައްކަތަށް ދެކޮޅު ހަދާ ފަރާތްތަކުން އެ ދަނީ ގައުމާ ދެކޮޅަށް މަސައްކަތް ކުރަމުން. ހަނގުރާމަ އަށް ފަހު ގައުމު ބިނާކުރަން ކުރާ މަސައްކަތާ ދެކޮޅު ހަދަމުން،" ގައުމާ މުޚާތަބް ކުރައްވާ ސިރިސޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ނަން ވިދާޅުނުވެ ރާޖަޕަކްސާ އަށް އިޝާރާތް ކުރައްވާ ސިރިސޭނާ ވިދާޅުވީ ގައުމީ އެއްބައިވަންތަކަމާ ދެކޮޅު ހަދާ މީހުންގެ ބޭނުމަކީ ސިޔާސީ ގޮތުން ނާޖާއިޒް ފައިދާ ނަގާ، ވެރިކަމަށް އާދެވޭނެ ގޮތެއް އޮތްތޯ ބެލުމެވެ.

ކޮލަމްބޯގެ ގޯލް ފޭސްގައި ބޭއްވި ރަސްމިއްޔާތު ނިންމާލީ ސްކޫލް ކުދިންގެ ތަމަޅަ ބަހުގެ ގައުމީ ސަލާމުންނެވެ. އަޣުލަބިއްޔަތު އޮންނަ ސިންހަޅައިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ކުރީގެ ރައީސް ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ރަސްމީ ހަފުލާތަކުގައި ތަމަޅަ ބަހުން ގައުމީ ސަލާން ކިޔުން މަނާކޮށްފަ އެވެ.

ލަންކާގައި 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ސިރިސޭނާ ކާމިޔާބު ކުރެއްވި ފަހުން ވަނީ ސިންހަޅައިންނާއި ތަމަޅައިންގެ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި ތަމަޅައިންގެ ނިސްބަތަކީ 11 ޕަސެންޓެވެ.