23 ސެޕްޓެމްބަރ 2023 - 19:33

ހޮރެކާއިން ވިއްކާ "ކަރާރޯ" ބްރޭންޑުގެ ބަޔޯ ކޮފީ ބީންސްއިން ޑިސްކައުންޓް ދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި "ކަރާރޯ" އޯގޭނިކް ކޮފީ ބީންސްއިން ޑިސެމްބަރު މަހުގެ ނިޔަލަށް ފަސް ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.
"ކަރާރޯ" ބަޔޯ ބީންސް އަކީ 100 ޕަސެންޓް އޯގޭނިކް ބީންސްއެވެ. މި ކޮފީ އަކީ ލުއިކޮށް ރޯސްޓްކޮށް، ވަރުގަދަ އަދި ކެފެއިން ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. އަދި މި ކޮފީ ބީންސް އަކީ ކެމިކަލް ފާޓިލައިޒާ ބޭނުން ނުކޮށް ހައްދާ ކޮފީ އަކަށްވުމުން މި ކޮފީ ބީންސްގެ ރަހައިގައި ތަފާތު މީރު ރަހައެއް ހިމެނެ އެވެ.
ހޮރެކާއިން ވިއްކާ "ކަރާރޯ" ބްރޭންޑަކީ އިޓަލީގެ ނަން މަޝްހޫރު ޕްރިމިއަމް ބްރޭންޑެކެވެ. މި ބްރޭންޑުގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް ހާއްސަ ފަސް ރިފައިންޑް ކޮފީ ބްލޭންޑުތަކެއް ހުރެ އެވެ. މި ބްލެންޑުތަކަކީ އެންމެ މޮޅު ގްރީން ކޮފީ ބީންސް އިން އުފައްދާ، ސްލޯ ސައިކަލްތަކުގައި ވަރަށް ފަރުވާތެރިކަމާ އެކު ރަނގަޅަށް ރޯސްޓުކޮށް ތައްޔާރުކުރާ ކޮފީ ކަމަށް ހޮރެކާއިން ބުނެ އެވެ.
ހޮސްޕިޓާލިޓީއަށް ހާއްސަ ކޮފީ ބްލެންޑުތަކުގެ ކޮންމެ ބްލެންޑެއްގައި ވެސް އަމިއްލަ ރަހައެއް ހުންނާނެ ކަމަށާއި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކަމުދާނެ ޓޯންސްތަކާ އެކު ތައްޔާރުކޮށްފައިވާ ކޮފީކަން ހޮރެކާއިން ފާހަގަކުރެ އެވެ.
ހޮރެކާގައި ނެސްޕްރެސޯ މެޝިނަށް ކޮމްޕެޓިބަލް ތިމާވެއްޓާއި 100 ޕަސެންޓް ކޮމްޕޯސްޓަބަލް ބަޔޯޑީގްރޭޑަބަލް ކެޕްސޫލް އާއި ކޮފީ ޕޮޑްސް އަދި ގްރައުންޑް ކޮފީ ބީންސް ވެސް ހުރެ އެވެ. އަދި ކޮކޯ ޕައުޑާ ފަދަ އެކި ބްލެންޑުތަކުގެ "ކަރާރޯ"ގެ ޕްރޮޑަކްޓުތައް ވެސް މި ތަނުގައި ހުރެ އެވެ.
ހޮރެކާގައި ކޮފީގެ އިތުރުން އެކި ބްރޭންޑުތަކުގެ ކޮފީ މެޝިންތަކާއި ސިރަޕް، ޕިއުރީ، މިލްކްޝޭކް ޕައުޑާ ފަދަ އެކި ޕްރޮޑަކްޓުތައް ސަޕްލައި ކުރެ އެވެ.