ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް
ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް

އިނގިރޭސިވިލާތުގެ އާޓިސްޓް ބެންޖަމިން ޝައިންގެ މަސައްކަތް ފެޝަންގެ ދުނިޔެއިން ފާހަގަވީ މޭސަން މާޓިން މާޖެލާގެ ކުޓުއާ ޝޯގައި ހުށަހަޅައިދިން ޑިޒައިންތަކެއްގެ ސަބަބުންނެވެ. ފުރަތަމަ ބަލައިލާއިރު ހީވަނީ ފެންކުލައިން ކުރަހާފައި ހުރި ހެންނެވެ. ނަމަވެސް، ގާތުން ބެލުމުން އެއީ ފޮތިން ތައްޔާރުކޮށްފައިވާ މަންޒަރެއްކަން އެނގެ އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝޯ ބަލަން ތިބި މީހުން ހައިރާންކޮށްލުވި މަސައްކަތެކެވެ.

ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް
ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް

ބެންޖަމިން ޝައިން ކިޔެވީ ދުނިޔޭގެ އެންމެ މޮޅު ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ސެންޓްރަލް ސެއިންޓް މާޓިންސް އިން ފެޝަން ޑިޒައިން އެވެ. ނަމަވެސް ފޮތިން ހެދުން ފަރުމާކުރުމުގެ ބަދަލުގައި ތައްޔާރުކުރަން ފެށީ އާޓް އިންސްޓޮލޭޝަނެވެ. ޓުލް ފޮތިން އޭނާ ހުވަފެނީ މަންޒަރުތައް އުފައްދަން ފެށި އެވެ.

ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް
ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް

ޓުލް ފޮއްޗަކީ ދާގަނޑެއް ފަދަ ތުނި އަދި ލުއި ފޮއްޗެކެވެ. އާޓް އިންސްޓޮލޭޝަންތަކަށް ބެންޖަމިން ބޭނުންކުރަނީ މިކަހަލަ ޓުލް ފޮއްޗާއި އިސްތިރި އެކަންޏެވެ. ކޮންމެ ފައްޗެއް އަދި ބައްޓަމެއް އޭނާ ތައްޔާރުކުރަނީ އިސްތިރިން ހޫނުކޮށްގެނެވެ.

މޭސަން މާޓިން މާޖެލާގެ ޝޯއަށް ޑިޒައިނާ ގެލިއާނޯއާ އެކު ބެންޖަމިން މަސައްކަތްކުރި އެވެ. ދުން ކޮޅަކުން މޫނު ބައްޓަންވާ ޒާތުގެ އިފެކްޓެއް ގެންނަން އޭނާ ބޭނުންވި އެވެ.

ޓުލް ފަދަ ފޮއްޗަކީ އާދަވެގެން ހެދުމުގެ ލައިނިންއެއްގެ ގޮތުގައި ބޭނުން ކުރާ ފޮއްޗެކެވެ. ނަމަވެސް މި ހެދުން ޑިޒައިނުގައި އެ ފޮތި ބޭނުންކޮށްފައިވަނީ ހެދުމުގެ މަތީގައި ނަލަ ޑިޒައިނެއްގެ ގޮތުގަ އެވެ. ބެންޖަމިން ބުނީ މިއީ އޭނާ ވަރަށް ގަޔާވި ކޮންސެޕްޓެއް ކަމަށެވެ. އޭނާ މި ތަސްވީރު ނިންމަން 300 ގަޑިއިރު ހޭދަކުރި އެވެ.

އާޓިސްޓް ބެންޖަމިންގެ މަސައްކަތް ދުނިޔޭގެ ބޮޑެތި އާޓް ގެލެރީތަކުގައި ދައްކާލާފައިވެ އެވެ. އަދި އޭނާގެ އެންމެ މަގުބޫލު ޝޯއަކީ "ދަ ޑޭންސް" އެވެ.

ޓުލް ފޮތިން 2000 މީޓަރުގެ ބޮޑުމިނަށް ތައްޔާރުކޮށްފައިވާ ޕޯޓްރެއިޓްތައް އަދި ނަށާ މަންޒަރުތައް ދައްކުވައިދެނީ އިހުސާސް ކުރެވޭ ކުޑަ ހިނދުކޮޅުތައް ކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން ބެންޖަމިންގެ ހަޔާތުގެ އެންމެ ހާއްސަ ދުވަސް؛ އޭނާގެ ކައިވެނި ހަފުލާއަށް ހުދު ރިބަނުން ސްކަލްޕްޗާއެއް ތައްޔާރު ކޮށްފައިވެ އެވެ. މިއީ އޭނާގެ މަސައްކަތް ތަކުގެ ތެރެއިން މަޝްހޫރުވި މަސައްކަތެކެވެ.