20 ސެޕްޓެމްބަރ 2023 - 12:02

ބީއެމްއެލް ސްކޮލަޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ހުރިހާ ހަރަދުތަކެއް ދޭ [ފުލީ ފަންޑަޑް] ސްކޮލާޝިޕެކެވެ. ސްކޮލާޝިޕުގެ ފަންޑުން ޓިއުޝަން ފީ، މަންތުލީ ސްޓައިޕެންޑް، ވިސާ ފީ، ބުކް އެންޑް އެސްޓަބްލިޝްމަންޓް އެލަވަންސް އަދި ދަރިވަރުގެ އެއާ ޓިކެޓް ކަވަރުކުރާނެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ހުނަރުވެރި ޒުވާން ދިވެހިން ބިނާކުރުމަށް ދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލޮޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް، ފައިނޭންޝަލް ރިޕޯޓިން އަދި އެނަލިޓިކްސް ފަދަ ބޭންކިން އާއި ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން އަންޑަގްރެޖުއޭޓް ޕްރޮގްރާމް ކިޔެވުމުގެ ފުރުސަތު ތިން ދަރިވަރަކަށް ދޭނެ އެވެ.
ސްކޮލާޝިޕްގެ ފުރުސަތު ދިނުމުގައި ބަލާނީ މެރިޓަށެވެ. ސްކޮލަޝިޕުގައި ބައިވެރިވުމަށް ހުށަހެޅޭނީ އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ 18 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
ސްކޮލަޝިޕަށް އެދި ހުށަހެޅޭނީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.