މުއިއްޒުގެ ޕްލޭންގައި ދިވެހި ފުޓްބޯޅައިގެ ޖޯޝު އަނބުރާ ގެނައުން
މުއިއްޒުގެ ޕްލޭންގައި ދިވެހި ފުޓްބޯޅައިގެ ޖޯޝު އަނބުރާ ގެނައުން

ދިވެހި ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އޭނާގެ ވެރިކަމެއްގައި ކުރިން އެ ކުޅިވަރަށް ރާއްޖޭގައި އޮތް ޖޯޝާއި ފޯރި އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ޕްލޭންގައި ދިވެހި ފުޓްބޯޅައިގެ ޖޯޝު އަނބުރާ ގެނައުން
މުއިއްޒުގެ ޕްލޭންގައި ދިވެހި ފުޓްބޯޅައިގެ ޖޯޝު އަނބުރާ ގެނައުން

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ. މާފަރުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ދިވެހި ފުޓްބޯޅައިގެ ފެންވަރު ކުރިން އެއް ދުވަސްވަރެއްގައި ވަރަށް ރަނގަޅުވި ކަމަށެވެ. ނަމަވެސް، ދިވެހިން އެންމެ ލޯބިކުރާ އެ ކުޅިވަރުގެ ހާލަތު މިއަދު އޮތީ "ވަރަށް ބޮޑަށް ވެއްޓިފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ޕްލޭންގައި ދިވެހި ފުޓްބޯޅައިގެ ޖޯޝު އަނބުރާ ގެނައުން
މުއިއްޒުގެ ޕްލޭންގައި ދިވެހި ފުޓްބޯޅައިގެ ޖޯޝު އަނބުރާ ގެނައުން

ފުޓްބޯޅައިގެ ބައިވަރު އެކަޑަމީތަކާއި ކްލަބްތައް ރާއްޖޭގައި ހިންގާ އިރު، މިއީ ކުދިބޮޑު ގިނަ ބަޔަކު ކުރިއަށް ދާން ބޭނުންވާ ކުޅިވަރަކަށް ވާތީ މިކަމަށް އިސްކަންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރަށްރަށުގައި ވެސް ފީފާ ސްޓޭންޑާޑުގެ ދަނޑުތައް ހަދައި މިހާރަށް ވުރެ ރަަނގަޅު ނިޒާމެއްގެ ތެރެއިން ކްލަބު މެޗުތައް ކުޅެ، ރަނގަޅު ފެންވަރުގެ ދިވެހި ލީގެއް އުފެއްދުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ފުޓްބޯޅަ ކުރިއެރުވުމަކީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި މިހާރު ހުރި ފުޓްބޯޅަ ދަނޑުތައް ތަރައްގީކޮށް، އެ ތަންތަނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދީގެން އެ އަމާޒު ހާސިލުކުރެވިދާނެ ކަމަށެވެ. އެގޮތުގެ މަތިން މާފަރުގެ ފުޓްބޯޅަ ދަނޑު ވެސް ތަރައްގީކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާފަރު ކައުންސިލުގެ އިހުތިސާސުގެ ތެރެއިން ނަގާފައިވާ ރަށް އަނބުރާ ހޯދައިދިނުމަށާއި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދިނުމަށާއި މާފަރު ފަޅުތެރޭގައި ރިސޯޓެއް ހެދުމަށާއި މި ރަށުގެ ކަރަންޓްގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް އަދި ގެދޮރުގެ ޔަގީންކަން ވެސް މުއިއްޒު މިއަދު ދެއްވި އެވެ.