މިހާރުގެ ރެސިޕީ: ފާރޮށި ބޯކިބާ
މިހާރުގެ ރެސިޕީ: ފާރޮށި ބޯކިބާ

½1 *ޖޯޑު ފާރޮށި ކުނޑި

1 ކުކުޅުބިސް

⅓ ސައިސަމުސާ ވެނީލާ އެސެންސް

⅓ ސައިސަމުސާ ރޯސް އެސެންސް

5 މޭޒުމަތީސަމުސާ ހަކުރު

3 *ޖޯޑު ކާށިކިރު

ހަކުރާއި ކުކުޅުބިސް އެއްކޮށްފައި، ކާށިކިރު އަޅައިގެން ގިރުން. ހަކުރުކޮޅު ވިރުނީމައި ފާރޮށިކުނޑި އެއްކުރުމަށް ފަހު ވެނީލާ އެސެންސާއި ރޯސް އެސެންސް އަޅައިފައި (ތަބަކުގައި ތެޔޮފޮދެއް ހާކައިލައިފައި) ތަބަކަށް އަޅައިލައިފައި ފިހެންލުން. ބޯކިބާ ފިހެންލުމުގެ ކުރިން 250 ޑިގްރީގައި 10 މިނެއްޓު ވަންދެން އަވަން ހޫނުކޮށްލަންވާނެ. މި ބޯކިބާ ފިހެވޭނީ (250 ޑިގްރީގައި) 50 މިނެއްޓުން. ގޭސްއުނދުނުން ވެސް މި ބޯކިބާ ފިހެވޭނެ. އެ ގޮތަށް ފިހޭއިރު، އާދައިގެ ބޯކިބާ ފިހޭގޮތަށް، (ބޯކިބާ ފިހޭ ތަވައިގައި، މަތިޖަހައިގެން) އެއް ފުށް ފިހެވުމުން، ފުށުންޖަހައިފައި އަނެއް ފުށް ފިހެލުން.
*މިއީ ކިރަން ބޭނުންކުރާ ޖޯޑުސެޓުގެ އެންމެ ބޮޑު ޖޯޑު

އެޑިޓަރުގެ ނޯޓް: މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.