"ކޮކީ"ގެ އާ ފިހާރައެއް ހުޅުވައިފި، 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ
"ކޮކީ"ގެ އާ ފިހާރައެއް ހުޅުވައިފި، 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ

ކުޑަކުދިންނަށް ހާއްސަ އެކި ވައްތަރުގެ ކުޅޭ އެއްޗެހި ފުޅާ ދާއިރާގައި ވިއްކާ "ކޮކީ"އިން އާ ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރަ އިއްޔެ ހުޅުވުމާ ގުޅިގެން ފިހާރައިގައި ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ހުކުރު ދުވަހުގެ ނިޔަލަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

މި ފިހާރައިގައި ބާނީ, މިކީ މައުސް އަދި މާރިއޯ ފަދަ ކުޑަކުދިންގެ މެދުގައި މަގުބޫލު މެސްކޮޓްތަކެއް ވެސް ހުންނާނެ އެވެ. މިއީ މި ކެރެކްޓާތަކާ އެކު ކުޑަކުދިންނަށް ފޮޓޯ ނަގައި މަޖާކޮށްލުމަށް ދޭ ފުރުސަތެއް ކަމަށް "ކޮކީ" ފިހާރައިން ބުންޏެވެ.

"ކޮކީ" ފިހާރައިން ބުނީ އަލަށް ހުޅުވި ފިހާރައިން އެކި އުމުރުފުރާތަކުގެ ކުޑަކުދިންނާ ގުޅޭ އެންމެ ފަހުގެ ކުޅޭ އެއްޗެހި ލިބެން ހުންނާނެ ކަމަށެވެ. އަދި މި ފިހާރައިގެ ސަބަބުން އެ ތަނުގައި ވިއްކާ ޕްރޮޑަކްޓުތައް އިތުރުކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

"ކޮކީ"ގެ އާ ފިހާރަ ހުޅުވީ އައިޖީއެމްއެޗް ކުރިމައްޗަށްވާ ގޮތަށް އޮންނަ މުރަނގަ މަގުގަ އެވެ.

"ކޮކީ"ގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެ އެވެ.