19 ސެޕްޓެމްބަރ 2023 - 14:51

ރާއްޖެއަށް ކޮރެއަން ކޮމްފޮޓް ފުޑް ތައާރަފްކޮށް "ޖެން ޒީ"ގެ ނަމުގައި ހުޅުވި ފިހާރައަށް ހޫނު ތަރުހީބެއް ލިބެން ފަށައިފި އެވެ.

މީގެ ދެ ހަފްތާ ކުރިން ހުޅުވި މި ފިހާރަ އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކޮރެއަން ޑްރާމާތަކުން ފެންނަ ކޮރެއާގެ އެކި ބާވަތްތަކުގެ ކާ އެއްޗެހި ވިއްކާ ތަނެކެވެ.

މި ފިހާރައިން "ޔޮޕޮކީ"ގެ ތިން ފްލޭވާގެ ކަޕް ވިއްކަ އެވެ. އޭގެ ތެރޭގައި އޮރިޖިނަލް، ސްޕައިސީ، ޖޭޖަންގް ފްލޭވާ ހިމެނެ އެވެ. އޭގެ އިތުރުން މި ތިން ފްލޭވާގެ "ޔޮޕޮކީ" ޕައުޗް ވެސް އެ ތަނުން ވިއްކަ އެވެ.
"ޖެން ޒީ" ފިހާރައިގައި "މެޓަމަން ރައިސް ކޭކް ސްޓިކް" އާއި "ޔޮކިމްޗީ ސްލައިސްޑް ކިމްޗީ" އާއި "ޔޮކިމްޗީ ސްޓާ ފްރައިޑް ކިމްޗީ" ވެސް ހުރެ އެވެ.
ޖެން ޒީ ފިހާރައިގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފިހާރަ އަކީ ކޮންވީނިއަންޓް ސްޓޯ ކޮންސެޕްޓަށް ފަރުމާކޮށްފައިވާ ތަނެކެވެ.
"މި ތަނުގައި އަޅުގަނޑުމެން ވިސްނީ މިތާ ތިބެގެން މި ތަނުން ވިއްކާ ފުޑް އެންޖޯއި ކޮށްލެވޭނެ ކަހަލަ، ބޭރު ގައުމުތަކުގައި ހުންނަ ކޮންވީނިއަންޓް ސްޓޯ ސްޓައިލަށް ހަދަން. 'ޖެން ޒީ' ކިޔާފައި މި ފިހާރަ ހުޅުވީ ވެސް މި ތަނުގެ ކޮންސެޕްޓާއި ތަނުން ވިއްކާ އެއްޗިއްސަކީ ޖެނެރޭޝަން ޒީގެ ކުދިންނަށް އަމާޒުކޮށް. ދެ ހަފްތާވީއިރު، އެ ކުދިންގެ ތަރުހީބު ވަރަށް ރަނގަޅު." ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ފިހާރައަށް ލިބެމުން އަންނަ ތަރުހީބާ އެކު ފިހާރައިގެ ޕްރޮޑަކްޓް ރޭންޖު އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
"ޖެން ޒީ" ފިހާރަ ހުންނަނީ މަޖީދިއްޔާ ސްކޫލް ކުރިމަތިން އޮންނަ އަބަދަށްފެހި މަގުގަ އެވެ.