މުސްލިމުން ވަނުން ހުއްދަ ކުރަން ނެރުނު އަމުރު އިސްތިއުނާފް ކޮށްފި
މުސްލިމުން ވަނުން ހުއްދަ ކުރަން ނެރުނު އަމުރު އިސްތިއުނާފް ކޮށްފި

ވޮޝިންޓަން (ފެބްރުއަރީ 5) އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާ ދެކޮޅަށް ކޯޓުން ނެރުނު އަމުރު ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފްކޮށްފި އެވެ.

މުސްލިމުން ވަނުން ހުއްދަ ކުރަން ނެރުނު އަމުރު އިސްތިއުނާފް ކޮށްފި
މުސްލިމުން ވަނުން ހުއްދަ ކުރަން ނެރުނު އަމުރު އިސްތިއުނާފް ކޮށްފި

އަމުރު އިސްތިއުނާފްކޮށްފައި މި ވަނީ ކޯޓް އަމުރާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން އަންގާފައި ވަނިކޮށެވެ. ވޮޝިންޓަންގެ ޑިސްޓްރިކްޓް ޖަޖް ޖޭމްސް ރޮބާޓުގެ ވަގުތީ އަމުރުގެ ބޭނުން ހިފާ، އެމެރިކާ އަށް ވަނުން މަނާކުރި ގައުމުތަކުގެ މީހުން ވަނީ، އަލުން އެ ގައުމަށް ދިއުމަށް ފްލައިޓްތަކުން ޖާގަ ހޯދަން ފަށައިފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ވެސް ބުނެފައި ވަނީ ކޯޓު އަމުރު ނެރުމާ އެކު ވިސާ ކެންސަލް ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކޯޓު އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގައިފަ އެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށް ބަދަލު ގެނައި ފަހުން މިވީ ހަފުތާއެއްހާ ދުވަހު ތެރޭ 60،000 ވިސާ ކެންސަލްކޮށްފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރުގައި ވަނީ ސީރިއާ، އިރާގު، އީރާން، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނު މީހުން އެމެރިކާ އަށް އެތެރެވުން 90 ދުވަހަށް މަނާކޮށްފަ އެވެ. އަދި ރެފިއުޖީ އެޑްމިޝަން ޕްރޮގްރާމް ވަނީ 120 ދުވަހަށް ހުއްޓާލައިފަ އެވެ.

ކޯޓު އަމުރު އިސްތިއުނާފް ކުރަމުން އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އިމިގްރޭޝަން ސިޔާސަތަށް ބަދަލު ގެނައި އެމެރިކާގެ ހިމާޔަތަށް ކަމަށެވެ. އަދި ކޯޓު އަމުރަށް އަމަލު ކުރުން ހުއްޓުވޭނެ ހަމައެއް އޮތްތޯ ބަލަމުންދާ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. ރައީސް ޓްރަމްޕް ވެސް ވަނީ އަމުރު ނެރުނު ފަނޑިޔާރަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތު ވަގުތީ ގޮތުން ހުއްޓުވުމަށް ފެޑެރަލް ފަނޑިޔާރު ނެރުނު އަމުރު ހުކުރު ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ހިނގާނެ އެވެ.