ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ އަމިއްލައަށް އާއިލާއަށް ގުޅައިފި
ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ އަމިއްލައަށް އާއިލާއަށް ގުޅައިފި

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ އަމިއްލައަށް އާއިލާއަށް ގުޅައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އާއިލާއިން ރިޕޯޓު ކުރުމުން ފުލުހުން އިއްޔެ ވަނީ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން 21، ގެއްލިގެން ހޯދަން އިއުލާނުކޮށްފަ އެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި މާލޭގައި ދިރިއުޅޭ ރިޝާންގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.

އެކަމަކު އޭނާ މިއަދު އާއިލާއަށް ގުޅައިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

މިދިޔަ މަހު ވެސް މާލެ އިން މީހަކު ގެއްލިގެން ހޯދި އެވެ. އޭނާ ފެނުނީ ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ.