މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ބައި އަޅާތީ، އަޅުގަނޑު ނަތީޖާ ނެރެދޭނަން: މުއިއްޒު
މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ބައި އަޅާތީ، އަޅުގަނޑު ނަތީޖާ ނެރެދޭނަން: މުއިއްޒު

މި ފަސް އަހަރު ރައްޔިތުން ބޭނުންވާ ވަރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ އެޑްވާންސަށް ވެސް ގިނަ އަދަދެއްގެ ފައިސާ އެކި ފަރާތްތަކަށް ދީ ބައި އަޅަމުންދާތީ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ބައި އަޅާތީ، އަޅުގަނޑު ނަތީޖާ ނެރެދޭނަން: މުއިއްޒު
މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ބައި އަޅާތީ، އަޅުގަނޑު ނަތީޖާ ނެރެދޭނަން: މުއިއްޒު

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ށ. މާއުނގޫދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއް ވާނީ ރައްޔިތުންގެ އުއްމީދުުތަކާ އެއްގޮތަށް ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށެވެ. އޭނާގެ ސަރުކާރަކީ މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން މާޔޫސްކަން ފިލުވައިދޭނެ ސަރުކާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ބައި އަޅާތީ، އަޅުގަނޑު ނަތީޖާ ނެރެދޭނަން: މުއިއްޒު
މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ބައި އަޅާތީ، އަޅުގަނޑު ނަތީޖާ ނެރެދޭނަން: މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ސްޕީޑްގައި ކުރިއަކަށް ނުގެންދެ އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އެޑްވާންސަށް ފައިސާ ދޫކޮށް، އެކި މީހުންނަށް ބައި އަޅާތީ އެވެ.

މާއުނގޫދޫގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ފަށާފައިވީ ނަމަވެސް އެ މަޝްރޫއު މިހާތަނަށް ނިންމާފައި ނެތުމަކީ ބައެއް މީހުންގެ ޝަކުވާ އެކެވެ.

"މި ފަސް އަހަރު މިދިޔަ ގޮތަށް ރައްޔިތުންގެ އުއްމީދުތައް ބޮލާލައި ޖަހާ އަމިއްލަ އެކިއެކި ފަރާތްތަކަށް އެޑްވާސް އަށް ފައިސާ ދީ، މަޝްރޫއުތައް ހުއްޓުވާފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ވަރަށް އިސްކަންދީގެން ބާރަށް ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ މިއަދު ށ. ޅައިމަގަށް ވެސް ވަޑައިގެންފަ އެވެ. އެ ރަށުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ ފަރާތުން ފެންނާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުން އެންމެ ބޭނުންވާ ނަތީޖާ ނެރެދޭން މަސައްކަތް ކުރާ ތަން ކަމަށެވެ. އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ފެންނާނީ ބާރު މިނުގައި ރަނގަޅު ނަތީޖާ ނެރެދެވޭނެ މަސައްކަތް ކުރާ މަންޒަރު. އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނީ އަޅުގަނޑަށް އަދި އަޅުގަނޑުގެ ޓީމަށް ކަމަށް ގަބޫލުކުރެވެނީ،" މުއިއްޒު ވިދާޅުވި އެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރެއްވި ދަތުރު މިއަދު ނިންމާލައްވާފައިވާއިރު މި ދަތުރުގައި 23 ރަށަކަށް ވަޑައިގެންނެވި އެވެ. އެ އިން ކޮންމެ ރަށެއްގައި ވެސް މުއިއްޒު ވަނީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އެ ރަށްތަކަށް ބޭނުންވެފައިވާ ކަންކަން ކޮށްދެއްވައި، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

"ފަސް އަހަރު މި ދިޔައީ ނިމިގެން ރައްޔިތުން މި ތިބީ މާޔޫސްވެފައި. އެ މާޔޫސްކަމުން އަރައިގަނެ، ރައްޔިތުން ބޭނުންވާ ހަލުވިކަމާ އެކު ތަރައްގީއާ އެކު ކުރިއަށް ދާން އަޅުގަނޑުމެން މި އަންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް އިސްކަން ދީގެން ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ދާނެ. ނަތީޖާ ނެރެދޭނެ. ކުރިމަތިލައިގެން މި ހުރީ އެހެންވެ. އެގޮތަށް ކުރިއަށް ދިޔުމުގައި 30 ވަނަ ދުވަހު ވޯޓު ދިނުމަށް އެދެން."

އޭނާގެ ސަރުކާރެއްގައި 20 އަހަރުގެ މާސްޓަ ޕްލޭނެއްގެ ދަށުން ބޮޑުތިލަދުންމަތީގައި ތަރައްގީގެ މަރުކަޒުތަކާއި އާބަން ސެންޓަރުތައް ގާއިމްކުރާނެ ކަމަށް ވެސް މުއިއްޒު ވަނީ މި ދަތުރުގައި ވިދާޅުވެފަ އެވެ.